އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ކުޅެން ލިބުނު ފިލްމު ދޫކޮށްލައިފި
އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ކުޅެން ލިބުނު ފިލްމު ދޫކޮށްލައިފި

ވާދަވެރި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގާ ސުލްހައިގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއްގައި ޕާކިސްތާން މީހެއްގެ ރޯލް ކުޅެން އެއްބަސްވުމަށް ފަހު، އަމީތާބް ބައްޗަން އެންމެ ފަހު ވަގުތު ފިލްމު ދޫކޮށްލައިފި އެވެ.

އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ކުޅެން ލިބުނު ފިލްމު ދޫކޮށްލައިފި
އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ކުޅެން ލިބުނު ފިލްމު ދޫކޮށްލައިފި

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަމީތާބް އެ ފިލްމު ދޫކޮށްލީ މިހާރު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ޕާކިސްތާން މީހެއްގެ ކެރެކްޓާ ކުޅެން ބޭނުން ނުވެގެންނެވެ.

ދެ ގައުމުގެ ގުޅުން މި ފަހުން ވަރަށް ބޮޑަށް ގޯސްވެފައި ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތަކުން ކަޝްމީރުގެ ޕުލްވާމާގެ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަމަލާ ދީ އެ ގައުމުގެ 42 ސިފައިން މަރައިލި ހާދިސާއާ ގުޅިގްނެވެ.

ހަންގާމާ އިން ބުނި ބުނި ގޮތުގައި އަމީތާބް ޕާކިސްތާން މީހެއްގެ ރޯލް ނުކުޅެ ދޫކޮށްލި ފިލްމަކީ 2009 ގެ "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ އެވޯޑް ހޯދި އިންޑިއާގެ ސައުންޑް ޑިޒައިނަރު ރެސުލް ޕޫކްޓީގެ އަލަތު ފިލްމެވެ. މި ފިލްމު އަމީތާބަށް ރެސުލް ނެރޭޓްކޮށް ދިންތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަމީތާބް ފިލްމަށް ވަގުތު ދޭނެ އިރަކަށް ކަމަށް އެ ނޫހުން ބުންޏެވެ.

ނަމަވެސް ފިލްމުގެ ވާހަކަ އަމީތާބަށް ވަރަށް ކަމުދިޔަ ނަމަވެސް، ރެސުލް އަމީތާބުގެ ތާރީހަށް އިންތިޒާރު ކުރަމުން ދަނިކޮށް، ފިލްމުގައި ހިއްސާ ނުވާން ނިންމިކަން އެންގީ އެވެ.

ކުރިން އަޑުއަރާފައިވާ ގޮތުން ރެސުލް ޑައިރެކްޝަނަށް ނުކުންނާނީ 2015 ގައި ރިލީޒް ކުރި ކާމިޔާބު މަލަޔާޅަމް ފިލްމް "ޕްރޭމަމް" ގެ ހިންދީ ރިމެކުންނެވެ. އަދި އޭގެ ބަތަލުގެ ރޯލް އަރުޖުން ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް މިދިޔަ އަހަރު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ މަހު ރިލީޒް ކުރި "ބަދުލާ" އަށް ފަހު އަމީތާބް މިހާރު އަންނަނީ "ތޭރާ ޔާރު ހޫ މޭ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ" އަދި "ޖުންދު" ހިމެނެ އެވެ.