ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި
ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި

އޭޝިއާ ސަރަހައްދުގައި ހުންނަ ފިންލޭންޑުގެ ހަމައެކަނި ސްކޫލު، މާލޭގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި
ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި

ތައުލީމީގޮތުން ދުނިޔޭގައި އެންމެ ކާމިޔާބު ގައުމުގެ ތެރޭގައި ހިމެނޭ ފިންލެންޑުގެ ސްކޫލު ރާއްޖޭގައި ހުޅުއްވައި ދެއްވީ، އެ ގައުމުން އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަރައިނެން އަދި ފިންލެންޑް ސްކޫލު ހިންގާ އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަބްދުﷲ ރަޝީދެވެ.

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި
ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި

މި ސްކޫލު މިއަދު ރަސްމީކޮށް ހުޅުވި ނަމަވެސް، ހެންވޭރުގައި ހުންނަ ޑްރީމް ކެމްޕަހުގައި ހަދާފައިވާ އެ ތަނުގައި ދިރާސީ އާ އަހަރާ އެކު ވަނީ ކިޔަަވައިދޭން ފަށައިފަ އެވެ. އެ ސްކޫލުގައި މިހާރު ގްރޭޑް 1-5 އަށް 200 ދަރިވަރުން ކިޔަވަމުން އަންނައިރު ކޮންމެ އަހަރަކު ވެސް ގްރޭޑުތައް އިތުރުކުރާނެ ކަމަށް އައިލެންޑާސް އިން ބުންޏެވެ.

ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި
ފިންލެންޑު އިންޓަނޭޝަނަލް ސްކޫލު ރަސްމީކޮށް ހުޅުވައިފި

އެ ސްކޫލު ހުޅުއްވައި ދެއްވުމަށް ފަހު ކަމަރައިނެން "މިހާރު" އަށް ވިދާޅުވީ ފިންލޭންޑުގެ ސްކޫލެއް ރާއްޖޭގައި ހުޅުވުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އޭނާ ވިދާޅުވީ އޭޝިއާގެ ފުރަތަމަ ސްކޫލު ރާއްޖޭގައި ހުޅުވުމަކީ، ތައުލީމީ ގޮތުން ރާއްޖެ ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. އޭޝިއާގެ އެހެން ގައުމުތަކުން ވެސް ރާއްޖެ މިސާލަކަށް ނަގައިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހުޅުވި ސްކޫލާ އެކު ދަރިވަރުންގެ ނަތީޖާ ރަނގަޅުވެ، ދިރިއުޅުމަށް މުހިއްމު ކަންތައްތަކެއް ދަސްވާނެ އެވެ. އަދި އެއީ ރާއްޖެ އާއި ފިންލެންޑު ގުޅުވައިދޭ ބްރިޖަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ހުރިހާ ދަރިވަރުންނަށް ބޭނުންވާ ތައުލީމް ފޯރުކޮށްދިނުމަކީ ސަރުކާރަށް އެކަނި ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންވެ، އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ކުދިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މިއީ. ބައިވަރު ކަންތައްތަކެއް ދަސްވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ކިޔަވައިދެނީ ގައުމީ މަންހަޖަށް ވުމުން، އެ މަންހަޖު ފުރިހަމަކުރަން ފިންލޭންޑުގެ ނިޒާމުން ބައެއް ކަންތައްތައް ބޭނުންކުރާނެ ކަމަށެވެ.

ފިންލޭންޑުގެ ކަރިކިއުލަމަށް ކިޔަވައިދިން ނަމަވެސް އެއީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި އިސްލާމް ދީނާ ގުޅޭނެ މަންހަޖެއް ކަމަށް ފިންލޭންޑު ސްކޫލުން ބުންޏެވެ.

ފިންލެންޑުގެ ޔުނިވާސިޓީން މާސްޓާސް ހަދާފައިވާ ތަޖުރިބާކާރު ޓީޗަރެއް ކޮންމެ ކުލާހެއްގައި މަސައްކަތް ކުރާއިރު ދިވެހި ޓީޗަރުން ހަރަކާތްތެރިވާނީ އެ ޓީޗަރުންނާ އެކު އެވެ.