08 އެޕްރީލް 2019 - 07:33

އެކި ބޭނުންތަކަށް ފޮޓޯތަކުގެ ބެކްގްރައުންޑް ފޮހެލަން ޖެހެ އެވެ. މަޖަލަކަށް ނުވަތަ ސީރިއަސް މަސައްކަތެއްގައި ވެސް މިއީ ކުރަން ޖެހިދާނެ ކަމެކެވެ. އެކަމަކު މޮޅު ސޮފްޓްވެއާތަކާއި އެ ކަން ކުރުމުގެ ހުނަރު ލިބިގެން ނޫނީ މިއީ ފުރިހަމަ އަށް ކުރެވޭ ކަމެއް ނޫނެވެ.
އެހެންވެ މިއޮތީ މިކަމުގައި އެއްވެސް ހުނަރެއް ނެތަސް ކަން ކުރެވޭނެ ގޮތެކެވެ. މި ވެބްސައިޓަށް ވަދެފައި، ބެކްގްރައުންޑް ފޮހެލަންވީ ފޮޓޯ އަޕްލޯޑްކޮށްލާށެވެ. ނުވަތަ އެ ފޮޓޯއެއްގެ ޔޫއާރްއެލް ޖަހާލާށެވެ. އެންމެ ފަސް ސިކުންތު ތެރޭ ފޮޓޯގެ ބެކްގްރައުންޑް ވަރަށް ފުރިހަމަ އަށް ފޮހެލައިދޭނެ އެވެ.
ހިލޭ ބޭނުންކުރެވޭ މި މުހިންމު ވެބްސައިޓަކީ https://www.remove.bg އެވެ.