ކާނާ ވިހަވެގެން ކުދިން މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށް
ކާނާ ވިހަވެގެން ކުދިން މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށް

ބިހާރު (އޮގަސްޓް 31) - އިންޑިއާގެ އިރުމަތީގެ ބިހާރު ސްޓޭޓުގެ ދަރިވަރުންތަކެއް ކެއި ކާނާގައި ވިހަ ހުރެގެން 23 ދަރިވަރަކު މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި އެވެ.

ކާނާ ވިހަވެގެން ކުދިން މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށް
ކާނާ ވިހަވެގެން ކުދިން މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށް

ބިހާރުގެ ސަރަން ޑިސްޓުގެ ކޯޓުން ނިންމާފައި ވަނީ 2013 ވަނަ އަހަރު ސްކޫލް ދަރިވަރުންތަކަށް ދިން ކާނާގައި ހިމެނޭ ޕެސްޓިސައިޑުގެ ސަބަބުން 23 ދަރިވަރުންގެ މަރުގައި ސްކޫލުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށެވެ. އަދި ކުދިންގެ މަރުގެ ޒިންމާ ސްކޫލުގެ ޕްރިންސިޕަލް އުފަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައިވެ އެވެ. މީގެ އިތުރުން ޕްރިންސިޕަލް ވަނީ 375،000 ރުޕީސް (55،00 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.

ކާނާ ވިހަވެގެން ކުދިން މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށް
ކާނާ ވިހަވެގެން ކުދިން މަރުވި ސްކޫލުގެ ޕްރިންސިޕަލް 17 އަހަރަށް ޖަލަށް

އިންޑިއާގެ ސްކޫލް ކުދިންނަށް މެންދުރު ހިލޭ ކެއުން ދެ އެވެ. "މިޑް-ޑޭ މީލް ސްކީމް" އަކީ ކިޔަވާ ކުދިންގެ ހައިކަން ފިލުވައި އަދި ގިނަ ކުދިން ސްކޫލަށް ދިއުމަށް ހިތްވަރު ދިނުމަށް ފެށި މަޝްރޫއެކެވެ. ނަމަވެސް ގިނަ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ދޭ ކާނާ ސާފު ތާހިރުކަމުގެ ގޮތުން ރައްކާތެރިއެއް ނޫނެވެ.

ބިހާރުގެ ދަރިވަރުންނަށް ދިން ކާނާ އިން ފެނިފައި ވަނީ ޕެސްޓިސައިޑު (ގަހަށް ޖަހާ ބޭހުގައި) ގައި ހުންނަ ކެމިކަލެކެވެ. ފުލުހުންގެ ތަހުގީގުން ފާހަގަވެފައިވާ ގޮތުގައި ކާނާ ތައްޔާރު ކުރަން ބޭނުންކުރި ތެޔޮ ވިހަވެފައިވާ ކަމަށް ޕްރިންސިޕަލްގެ ސަމާލު ކަމަށް ގެނައި ނަމަވެސް އޭނާ ވަނީ އެކަމާ އަޅާނުލައިފަ އެވެ. ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައި ވަނީ ޕެސްޓިސައިޑް ހުރި ތެޔޮ ސްކޫލަށް ސަޕްލައިކޮށްދީފައި ވަނީ ޕްރިންސިޕަލްގެ ފިރިމީހާ ކަމަށެވެ. އަދި ޕްރިންސިޕަލްގެ ފިރިމީހާ ވެސް ޖަލަށްލާން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ.

ބިހާރުގެ ސަރަންގެ ދަރުމަސަތީ ގަންޑަމަން އަވަށުގެ ސްކޫލުގެ 47 ދަރިވަރުން ވަނީ ޖުލައި 16، 2013 ގައި ކެއި ކާނާގެ ސަބަބުން ވިހަވެފަ އެވެ. މީގެ ތެރޭން 23 ދަރިވަރުން ވަނީ ޖެހިގެން އައި ދުވަހު މަރުވެފަ އެވެ. ހިތްހަމަނުޖެހިފައި ތިބި ބެލެނިވެރިން ވަނީ މަރުވި ތިން ކުއްޖަކު ސްކޫލުގައި ވަޅުލައިފަ އެވެ. އެއީ މި ހިތާމަވެރި މި ހާދިސާގެ ހަނދާނެއްގެ ގޮތުންނެވެ.

ބިހާރަކީ އިންޑިއާގައި އެންމެ ބައިބޯ އަދި އެންމެ ފަގީރު އެއް ސްޓޭޓެވެ.

މިޑް-ޑޭ މީލް އަކީ ދުނިޔޭގައި ސްކޫލް ކުދިންނަށް ކާންދިނުމަށް ހިންގާ އެންމެ ބޮޑު ޕްރޮގްރާމެވެ. އިންޑިއާ ސަރުކާރުން ބުނީ މި ޕްރޮގްރާމުގެ ދަށުން 1.2 މިލިއަން ސްކޫލުގެ 120 މިލިއަން ދަރިވަރުންނަށް ކާން ދޭ ކަމަށެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށީ 1925 ވަނަ އަހަރު ދެކުނު ޗެންނާއީންނެވެ.