މަޖިލިހުގައި އަންހެނުން، މިފަހަރު އެންމެ ހަތަރެއް!
މަޖިލިހުގައި އަންހެނުން، މިފަހަރު އެންމެ ހަތަރެއް!

ރަައްޔިތުންގެ މަޖިލިހުގައި އަަންހެނުންގެ ހިއްސާ ބޮޑުކުރުމުގެ އަޑުތައް ގަދަވެފައި ވިިޔަސް އިއްޔެ އޮތް އިންތިހާބު ކާމިޔާބުކުރެއްވުނީ އެންމެ ހަތަރު އަންހެން ކެންޑިޑޭޓުންނަށެވެ. މިއީ މިހާރު ރަައްޔިތުންގެ މަޖިލިހުގައި އަަންހެން މެމްބަރުން ތިއްބެވި އަދަދަށް ވުރެ ވެސް މަދު މިންވަރެކެވެ.

.

އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގޮނޑި ކާމިޔާބުކުރެއްވީ ތުޅާދޫ ދާއިރާގެ ހިސާން ހުސެއިން އާއި ހިންނަވަރު ދާއިރާގެ ޖީހާން މަހުމޫދާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމެވެ.

ހަތަރު މެމްބަރުންނަކީ 87 ދާއިރާ ހިމެނޭ އާ މަޖިލިހުގެ ނިސްބަތުން އެންމެ 4.5 ޕަސެންޓެވެ.

މި އަހަރުގެ އިންތިހާބުގައި އެކި ދާއިރާތަކުން 37 އަންހެން ކެންޑިޑޭޓުން ކުރިމަތިލި އެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އަންހެން ފަސް މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި ރޮޒައިނާ އާއި އީވާ ހިމެނިވަޑައިގަނެ އެވެ. ދެން މަޖިލިހުގައި ތިއްބެވި މަކުނުދޫ ދާއިރާގެ އަނާރާ ނައީމާއި މާފަންނު މެދު ދާއިރާގެ އަސްމާ ރަޝީދަށް މިފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވޭ ވަރެއް ނުވި އެވެ.

މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވަނީ ޑިފެންސް މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން މަޖިލިހުން އިސްތިއުފާ ދެއްވައިފަ އެވެ.

އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނަށް ފުރުސަތު ލިބުނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި މުހައްމަދު އަމީނުގެ ދައުރުގަ އެވެ.