05 އެޕްރީލް 2019 - 20:45

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް ކަމުގައިވާ "ލީން ސްޓާޓްއަޕް މެޝިން" ރާއްޖެ ގެންނަން ނިންމައިފި އެވެ.
ލީން ސްޓާޓްއަޕް މެޝިނަކީ ތިން ދުވަހަށް ބާާޢްވާ އިންޓެންސިވް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި، އަލަށް ވިޔަފާރިއަށް ނުކުންނަ ފަރާތްތަކަށް ލީން ޓެކްނޮލޮޖީތަކާއި އެޕްލިކޭޝަންތަކާއި ކަސްޓަމަރުންނާ ގުޅޭ ބިޒްނަސް މޮޑެލްތައް ކިޔައިދޭނެ އެވެ.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މި ވޯކްޝޮޕް މިހާރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ 50 ސިޓީގައި ކުރިއަށްގެންގޮސްފައިވެ އެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 އިން 21 ގެ ނިޔަލަށެވެ.
އަލަށް ފަށާ ވިޔަފާރިތަކުން ކިތަންމެ ރަނގަޅު ވިޔަފާރިއެއް ފެށުމުގެ ވިސްނުން ހުރި ނަމަވެސް އެންމެ ފުރިހަމައަށް ވިޔަފާރީގެ ކަންކަން ބައްޓަން ނުކުރުމުގެ ސަބަބުން ގެއްލުމާ ބައެއް ފަހަރު ކުރިމަތިލާންޖެހެ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރިތަކުން މެނޭޖުކުރުމުގައި ވިސްނަންވީ މުހިއްމު ކަންކަން ބުނެދޭނެ އެވެ.
ދިރާގާއި ސްޕާކުހަބް ގުޅިގެން ބާއްވާ މި ހަރަކާތްތަކުގެ އަމާޒަކީ ރާއްޖޭގައި އަލަށްފަށާ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމެވެ.