06 އެޕްރީލް 2019 - 11:34

މެކްސިކޯ ސިޓީ (އެޕްރީލް 6) - މެކްސިކޯގެ އެއާޕޯޓަކުން 20 މިލިއަން ޕެސޯ (އެއް މިލިއަން ޑޮލަރު) ހަތިޔާރު އަޅައިގެން ތިބި ގޭންގެއްގެ ބަޔަކު ވަގަށް ނަގައިފި އެވެ.
މަތިންދާ ބޯޓަކަށް އެރުވުމަށް ޓްރަކެއްގައި ގެންދިޔަ ފައިސާ ވަގަށް ނެގުމަށް ހޭދަވީ އެންމެ ތިން މިނިޓެވެ. އެ ފައިސާ ވަގަށް ނަގާފައި ވަނީ މެކްސިކޯގެ މެދުތެރޭގެ ގުއަނަހުއާންޓޯ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއާޕޯޓުގެ ސެކިއުރިޓީ ފަޅާލުމަށް ފަހު ގޭންގުން އެތެރެއަށް ވަދެ ކާގޯއާ ހަވާލުވެ ތިބި މީހުންނަށް ބިރު ދަައްކައި ޓްރަކުގައި ހުރި ފައިސާ ގޯނިތައް އެހެން ވެހިކަލަކަށް އެރުވުމަށް ފަހު އެއާޕޯޓުގެ ފެންސް ފަޅާލުމަށް ފަހު ވަނީ ފިލައިފަ އެވެ.
އެއާޕޯޓް އޮޕަރޭޓް ކުރާ ފަރާތުން ބުނީ ބޮޑު ވައްކަން ކުރި ގޭންގް މީހުން ތިބީ މޫނު ނިވާކޮށްގެން އަދި ހަތިޔާރު ހިފައިގެން ކަމަށެވެ.
ޑިސެމްބަރު 14 ގައި ވެސް މެކްސިކޯ އިން ވަނީ ޓްރަކަކުން 118 މިލިއަން ޕެސޯ (6.2 މިލިއަން ޑޮލަރު) ވަގަށް ނަގައިފަ އެވެ. މެކްސިކޯގައި ސިޔާސީ މަސައްކަތްތައް ހިންގާ ގުއަނަހުއާންޓޯގައި ގިނަ އަދަދަކަށް ގޭންގްތަކުން ހަރަކާތްތެރިވެ އެވެ.