ކޮންމެ މޫޑަކާ ގުޅޭގޮތުން ސައި
ކޮންމެ މޫޑަކާ ގުޅޭގޮތުން ސައި

ސައިގެ ބާވަތްތަކުން ލިބޭ ސިއްހީ ފައިދާގެ ވާހަކަ ވަރަށް ގިނައިން ދެކެވެ އެވެ. މީގެ އިތުރުން މިފަދަ ސައިގެ ބާވަތްތަކުން މޫޑަށް އަސަރު ފޯރުވާކަން އެނގޭ ހެއްޔެވެ؟

ލެވެންޑާ ސަޔަކީ އަރާމުކޮށް ނިދާލަން ބޭނުން ނަމަ ބޯން ރަނގަޅު ސައެކެވެ. މިއިން ލޭގެ ހިނގުމާއި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ލަސްކޮށްދީ ހަށިގަނޑުގެ ހަމަޖެހުން އިތުރުކޮށްދިނުމުގެ ސަބަބުން ދާދި އަވަހަށް ފުން އަރާމު ނިންޖެއްގެ ތެރެއަށް ގެންގޮސްދެ އެވެ.

ކެމަމައިލް ސަޔަކީ ހާސްކަން ފިލުވުމަށް ރަނގަޅު އެއްޗެކެވެ. ސިކުނޑިއަށް ލޭ ފޮނުވާ މިންވަރު އަވަސްކޮށްދީ ސްޓްރެސް ހޯމޯންގެ އަސަރު ސިކުނޑިއަށް ކުރުން ކުޑަކޮށްދެ އެވެ.

ޓާޓް ޗެރީ ސައި ބުއިމުން ހިތްހަމަނުޖެހުން ކުޑަކޮށްދެ އެވެ. ލެވެންޑާ ސައެކޭ އެއްފަދައިން ޓާޓް ޗެރީ ވެސް ލޭގެ ހިނގުން ލަސްކޮށްދެ އެވެ. އޭގެ ސަބަބުން ހިތްހަމަޖެހުން ގެނެސްދެ އެވެ.

ކަޅު ސައި އަދި މަސާލާ ސަޔަކީ މީހާ ހޭލައްވާލުމަށް ދެ ވަނައެއް ނެތް އެއްޗެކެވެ. ގިނަ ގައުމުތަކުގައި ހެނދުނު އެންމެ ފުރަތަމަ ބޯ އެއްޗެއްގެ ގޮތުގައި ބޭނުންކުރާ އެކައްޗަކީ ވެސް ކަޅު ސައި ނުވަތަ މަސާލާ ސައެވެ. އޭގައި ހިމެނޭ ކެފެއިންގެ އެހީގައި ހަށިގަނޑުގެ ގުނަންތައް ހޭލައްވާދެއެވެ.

ޑިޕްރެސްވެފައިވާ ނަމަ ލެމަން ގްރާސް ސައިތައްޓެއް ބޯލާށެވެ. އޭގައި ހިމެނޭ އެސެންޝަލް އޮއިލްގެ އެހީގައި ހިއްސުތައް ހަމަޖައްސައިދީ އެންޓި ޑިޕްރެސެންޓެއް ފަދައިން މަސައްކަތް ކުރެ އެވެ.

އިނގުރު ސަޔަކީ މޫޑު ރަނގަޅުކޮށްދީ މީހާ އިތުރަށް ހަރަކާތްތެރި ކޮށްދިނުމުގެ އިތުރުން އަރާމުކަމެއް އިހްސާސްކޮށްދޭ އެއްޗެކެވެ.

މޫޑާ ހުރެ، ބައެއް ފަހަރު ފެންނަ ކޮންމެ އެއްޗެއް ދެކެ ރުޅި އާދެވެ އެވެ. އޮރެންޖް ނުވަތަ ލުނބޯ ސައިން މޫޑު ރަނގަޅުކޮށްދީ ރުޅި މަޑުކޮށްދޭނެ އެވެ. ރަހައަށްވުރެ ބޮޑަށް އޭގެ ވަހުން ތިމާ ހަމަޖައްސައިދެ އެވެ.