ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް
ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް

އިޓާލިއަން ލީގުގައި ރޭ ކަލިއާރީ އަތުން 2-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް މޮއިސް ކީންއާ ކަލިއާރީގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރި ކުރުމުގެ ޒިންމާގެ ކީން ވެސް ނަގަން ޖެހޭނެ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އާއި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް
ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް

މި މެޗުގައި ކީންގެ އިތުރުން ޔުވެންޓަސްގެ ކަޅު ނަސްލުގެ އަނެއް ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ ބްލައިސް މަޓުއިޑީ އާއި ބްރެޒިލްގެ އެލެކްސް ސަންޑްރޯއާ ނަސްލީ ގޮތުން ކަލިއާރީގެ މަދު ސަޕޯޓަރުންތަކެއް ދިމާކުރި އެވެ. އެކަމަކު ރާމާމަކުނުގެ އަޑު ލައްވައި ސީދަލަށް ނަސްލީ ގޮތުން ދިމާކުރަން ފެށީ ކީން ލަނޑު ޖެހުމަށް ފަހު ކަލިއާރީ ސަޕޯޓަރުން ކުރިމަތީ ހުއްޓި ހުރެ އަތްފުލައިގެން އުފާފާޅުކުރުމުންނެވެ.

ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް
ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް

ކަލިއާރީގެ ރައީސް ޓޮމާސޯ ގުއިލިނީ ވިދާޅުވީ ކީން ގޮތަށް ޔުވެންޓަސްގެ ދޮން ނަސްލުގެ ކުޅުންތެރިޔާ ފެޑެރިކޯ ބާނަޑެސްކީ އުފާފާޅުކުރި ނަމަވެސް ކަލިއާރީގެ ސަޕޯޓަރުން ދިމާކުރާނެ ކަމަށާއި މީގައި ގޯސް ހެދީ ކީން ކަމަށެވެ.

ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް
ކީންގެ މައްސަލައިގައި ބޮނޫޗީ އާއި އެލެގްރީ ހޫނުފެނަށް

އެކަމަކު ގިނަ ބަޔަކު ހިތްހަމަނުޖެހުނީ ޔުވެންޓަސްގެ ކޯޗާއި ކުޅުންތެރިޔަކު އެފަދަ މޭރުމަކުން ވާހަކަ ދެއްކުމުންނެވެ. ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ނަސްލީ ގޮތުން ދިމާކުރި ސަޕޯޓަރުން ހޯދޭނެ ޓެކްނޮލޮޖީ އެބަހުރި ކަމަށާއި އެ ފަދަ ފަރާތްތައް ހޯދައި އުމުރަށް ސަސްޕެންޑްކުރަން ގޮވާލާ ކަމަށެވެ. އެކަމަކު ކީން އެގޮތަށް ސަޕޯޓަރުން ރުޅިއަރުވާލަން އުފާފާޅުކޮށްގެން ނުވާނެ ކަމަށް ދެކޭ ކަމަށް އެލެގްރީ ބުންޏެވެ.

މެޗަށް ފަހު ބޮނޫޗީ ބުނީ ލަނޑު ޖެހުމަށް ފަހު ސަމާލުކަން ދޭން ޖެހޭނީ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަންކަން ކީން ދަންނަން ޖެހޭނެ ކަމަށާއި ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ދެ ފަރާތުން ވެސް ޒިންމާނަގަން ޖެހޭނެ ކަމަށެވެ.

"އަހަރެމެންނަކީ ޕްރޮފެޝަނަލުން. އަހަރެމެން މިސާލު ދައްކަން ޖެހޭނެ. އަހަރެމެން އެއްވެސް ބަޔަކު ރުޅިއަރުވައިގެން ނުވާނެ،" ބޮނޫޗީ ބުންޏެވެ.

އައިވަރީ ކޯސްޓުގެ ކުރީގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނީ އެލެގްރީ ކުރަން ޖެހޭނެ ކަމަކީ ކީން އަށް ސަޕޯޓް ދިނުން ކަމަށާއި ކީން އެގޮތަށް އަމަލުކޮށްގެންނުވާނެ ކަމަށް އެލެގްރީ ބުނުމުން ހައިރާންވި ކަމަށެވެ. އަދި މިކަމުގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އަމަލުކުރާނެ ގޮތެއް ބަލަން ބޭނުންވާ ކަމަށް ވެސް ޓޫރޭ ބުންޏެވެ.

އިދިކޮޅު ސަޕޯޓަރުން ރުޅިއެރުވުމަކީ ފުޓްބޯޅައިގައި އަދަބު ލިބޭ އަމަލެކެވެ. އެކަމަކު ނަސްލީ ގޮތުން ދިމާކުރުމަކީ އެއްވެސް ހާލެއްގައި ފުޓްބޯޅައިގައި ތަހައްމަލުކުރާ ކަމަކަށް ނުވާތީ، މި ހާލަތުގައި ކީން ކުށްވެރިކުރެވޭނެ ޖާގައެއް ނެތް ކަމަށް ކުޅުންތެރިން ބުނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ އަދި ނެދަލެންޑްސްގެ ތަރި މެމްޕިސް ޑިޕާއީ ވަނީ ކީންގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ.

"ރޭޒިޒަމްއާ ދެކޮޅު ކޮންމެ ހަނގުރާމައަކަށް އަހަރެން ތާއީދުކުރާނަން. އަހަރެމެން އެންމެން ހަމަހަމަ،" ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރު ޕޮގްބާ ބުންޏެވެ.

މީގެ ތެރެއިން ސްޓާލިން ބުނީ ކީން މިކަމުގައި ޒިންމާއެއް ނަގަން ޖެހޭނެ ކަމަށް ބޮނޫޗީ ބުނުމަކީ ޖޯކެއް ކަމަށެވެ. އިޓަލީ ބައެއް ސަޕޯޓަރުންގެ ފަރާތުން ނަސްލީ ދިމާކުރުންތައް މީގެ ކުރިން އަމާޒުވި އެ ގައުމުގެ ފޯވާޑް މާރިއޯ ބަލޮޓެލީ ވަނީ ކީންގެ ދިފާއުގައި ނުކުތުމުގެ ބަދަލުގައި ބޮނޫޗީ އަމަލުކުރި ގޮތާ މެދު ސުވާލު އުފައްދައިފަ އެވެ.

'ބޮނޫޗީ ގާތު ބުނޭ، އަހަރެން އެތާ ނެތުމަކީ އޭނާގެ ނަސީބޭ. ކަލޭ ދިފާއުކުރުމުގައި ބަދަލުގައި އޭނާ ކަންތައް ކުރީ އެހެން؟ އަހަރެން މިހިރީ ހަގީގަތުގައި ވެސް އަންތަރީސްވެފައި،" ބަލޮޓެލީ ބުނެފައިވެ އެވެ.

އިދިކޮޅު ސަޕޯޓަރުން ރުޅިއެރުވަމީ ޕްރޮފެޝަނަލް ކުޅުންތެރިން ކޮށްގެންނުވާނެ ކަމެއް ކަމަށް ބޮނޫޗީ ބުނިއިރު، އޭނާގެ ފަރާތުން ވެސް އެފަދަ ކަންތައްތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން ޔުވެންޓަސް ދޫކޮށް މިދިޔަ ސީޒަނުގައި އޭސީ މިލާނަށް ކުޅުނުއިރު ޔުވެންޓަސްގެ ސަޕޯޓަރުން އޭނާއާ ދިމާކުރުމުން، އެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުވެންޓަސް ސަޕޯޓަރުން ރުޅިއަރާ ގޮތަށް އޭނާ އުފާފާޅުކޮށްފައިވެ އެވެ.

ކީންގެ އޭޖެންޓް މިނޯ ރައިއޯލާ ވެސް ބުނީ ނަސްލީ ގޮތުން ދިމާކުރުން އެއްވެސް މާނައެއްގައި ދިފާއުނުކުރެވޭނެ ކަމަށާއި އެކަމަށް އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށެވެ. އަދި މިކަމުގައި ފަހު ވަގުތާ ހަމަޔަށް ހުންނާނީ ކުޅުންތެރިންނާ އެކު ކަމަށާއި ނަސްލީ ގޮތުން ދިމާކުރުމާ ދެކޮޅަށް މަސައްކަތްކުރަން ބޭނުން ނެތިއްޔާ އެ މީހަކު ކްލަބް ދޫކޮށްލަން ޖެހޭ ކަމަށް ރައިއޯލާ ބުންޏެވެ.

އިޓަލީ އަށް ހިޖުރަކޮށްފައިވާ އައިވަރީ ކޯސްޓުގެ ދަނޑުވެރި އާއިލާއަކަށް އުފަން ކީން 2010 ވަނަ އަހަރު ޔުވެންޓަސްގެ ޔޫތު ޓީމާ ގުޅުމަށް ފަހު ސީނިއާ ޓީމަށް ކުޅެން ފެށީ އުމުރުން 16 އަހަރުގައި 2016 ގަ އެވެ. އެއާ އެކު އޭނާ އަށް ވަނީ މި ގަރުނުގައި އުފަންވި ކުޅުންތެރިންގެ ތެރެއިން ޔޫރަޕުގެ ގަދަ ހަތަރު ލީގުގެ ތެރެއިން ލީގެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އިޓަލީގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު އޭނާ ސީނިއާ ޖާޒީގައި އަލަށް ކުޅުނީ މިދިޔަ ހަފުތާގައި ޔޫރޯ ކޮލިފައިންގަ އެވެ. އޭނާ ފިންލެންޑް ކޮޅަށް ޖެހި ގޯލާ އެކު ވެފައިވަނީ އިޓަލީ ގައުމީ ޓީމަށް ލަނޑެއް ޖަހައިދިން ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ފަހަކަށް އައިސް ކީން އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ދާއިމީކޮށް ކުޅުމުގެ ފުރުސަތު ނުލިބޭ ނަމަ އޭނާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އޭނާގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެ އެވެ. ކީންގެ އޭޖެންޓް ރައިއޯލާ ދާދި ފަހުން ބުނީ މިދިޔަ ޖެނުއަރީ މަހު އޭނާ މިލާނަށް ބަދަލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި އެކަމަކު ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ދޫކޮށްލަން އެ ކްލަބުން ގަބޫލުނުވީ ކަމަށެވެ. އެހެންވެ ބެލެވެނީ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.