03 އެޕްރީލް 2019 - 13:51

ޓިއުނީޝިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖަދީދާ މާޖިރީން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ. އެތަނުން ބުނީ މިއީ މިހާރު ރާއްޖޭގެ ބާޒާރުން އެންމެ އަގު ހެޔޮކޮށް ލިބޭނެ މާޖިރީން ކަމަށެވެ.

އެސްޓީއޯ ސުޕަމާޓުން މި ބްރޭންޑުގެ ފަސް މާޖިރީންގެ ސައިޒެއްގެ ޕެކް ވިއްކަ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައ ޖަދީދާ މާޖިރީނަކީ ރަހަމީރު އަދި ކޮލެޓީ ރަނގަޅު ބްރޭންޑެކެވެ. މިވަގުތު ރާއްޖޭގެ ބާޒާރުގައި އެންމެ އަގު ހެޔޮ މާޖިރީން އަކީ މިއީ ކަމަށް ބުންޏެވެ.
މީގެ 250 ގުރާމްގެ ތައްޓެއް 15ރ. އަށް ލިބޭ އިރު 450 ގުރާމްގެ ތައްޓެއް 22ރ. އަށް ލިބެ އެވެ. އެއް ކިލޯގެ ތައްޓެއް 45ރ. އަށް، 2.5 ކިލޯގެ ތައްޓެއް 90ރ. އަށް އަދި ބޭކަރީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ހާއްސަކޮށް 9.5 ކިލޯގެ ޓައްޕެއް 270ރ. އަށް ލިބޭނެ އެވެ.
ޖަދީދާ ބްރޭންޑުގެ މާޖިރީން ހޯލްސޭލްކޮށް ގަންނަ ނަމަ ޑިސްކައުންޓް އަގުތަކެއްގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޖަދީދާ މާޖިރީން އެސްޓީއޯ ސުޕަމާޓުގެ އިތުރުން އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ވެސް ލިބޭނެ އެވެ.
ކާބޯތަކެތީގެ ކޮލިޓީ ބްރޭންޑްތައް އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަ އެވެ.