އެމެރިކާގެ ކުރީގެ ނައިބް ރައީސް އަށް ކުރި ޖިންސީ ގޯނާއާ ދެކޮޅު ހައްދަވައިފި
އެމެރިކާގެ ކުރީގެ ނައިބް ރައީސް އަށް ކުރި ޖިންސީ ގޯނާއާ ދެކޮޅު ހައްދަވައިފި

ވޮޝިންޓަން (އެޕްރީލް 1) - އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން އަށް ކުރި ޖިންސީ ގޯނާގެ ތުހުމަތާ ދެކޮޅު ހައްދަވައިފި އެވެ.

އެމެރިކާގެ ކުރީގެ ނައިބް ރައީސް އަށް ކުރި ޖިންސީ ގޯނާއާ ދެކޮޅު ހައްދަވައިފި
އެމެރިކާގެ ކުރީގެ ނައިބް ރައީސް އަށް ކުރި ޖިންސީ ގޯނާއާ ދެކޮޅު ހައްދަވައިފި

ބައިޑަން އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވަން ތައްޔާރުވެފައި ވަނިކޮށެވެ. ބައިޑަން އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ ނެވާޑާ އެސެމްބްލީގެ ކުރީގެ މެންބަރެއް ކަމަށްވާ ލޫސީ ފްލޯރެސް އެވެ. އޭނާ ވިދާޅުވެފައި ވަނީ ބައިޑަން ގޯނާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ކެމްޕޭން އިވެންޓެއްގައި ކަމަށެވެ.

"އެފަދަ އެކަށީގެންނުވާ ގޮތަކަށް އަޅުގަނޑާ މެދު މީގެ ކުރިން ކަންތައްކޮށްފައެއް ނުވޭ،" ފްލޯރެސް ލިޔުއްވާފައިވެ އެވެ.

ބައިޑަން ވިދާޅުވެފައި ވަނީ އޭނާގެ ހިތުގައި އޮތް ލޯބި ވޭތުވެދިޔަ އަހަރުތަކުގައި އެތައް ބަޔަކަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކާ މެދު އެކަށީގެންނުވާ ގޮތަކަށް ކަންތައް ކޮށްފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ސެނެޓުގައި ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ހޭދަކުރެއްވުމަށް ފަހު ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ނައިބް ރައީސް އަކަށް ހަތަރު އަހަރުގެ ދެ ދައުރު ހޭދަކުރެއްވި ބައިޑަން އަކީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނަވާނެ ބޭފުޅުންގެ ތެރޭން އެންމެ ކުރީގައި އުޅުއްވާ ބޭފުޅާ އެވެ. އެކަމަކު ބައިޑަންގެ ކެންޑިޑެސީ އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުކުންނަވާ ބައެއް ފަރާތްތަކުން ވަނީ ފްލޯރެސް އަށް ތާއީދުކޮށްފަ އެވެ. އޭގެ ތެރޭގައި ސެނޭޓާ ބާނީ ސެންޑާސް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފްލޯރެސް ވަނީ 2016 ވަނަ އަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ސެންޑާސް އަށް ކެމްޕޭން ކޮށްދެއްވައިފަ އެވެ. އެ ފަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވީ ސެންޑާސްއާ ވާދަކުރައްވައިފަ އެވެ.