އިންޑިއާގައި ވޯޓުގެ ކުރިން 70 މިލިއަން ޑޮލަރު ހިފަހައްޓައިފި
އިންޑިއާގައި ވޯޓުގެ ކުރިން 70 މިލިއަން ޑޮލަރު ހިފަހައްޓައިފި

ނިއު ދިއްލީ (އެޕްރީލް 1) - އިންޑިއާގައި މި މަހު 11 ވަނަ ދުވަހު ފަށާ އާއްމު އިންތިޚާބުގައި ރިޝްވަތުގެ ގޮތުގައި ބަހަން ގެންގުޅޭ ކަމަށް ބެލެވޭ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރާއި އެތައް ލިޓަރެއްގެ ރަލާއި މަސްތުވާތަކެތި ހިފަހައްޓައިފި އެވެ.

އިންޑިއާގައި ވޯޓުގެ ކުރިން 70 މިލިއަން ޑޮލަރު ހިފަހައްޓައިފި
އިންޑިއާގައި ވޯޓުގެ ކުރިން 70 މިލިއަން ޑޮލަރު ހިފަހައްޓައިފި

އެ ތަކެތި ހިފަހައްޓާފައި ވަނީ ވޯޓު ގަތުން ހުއްޓުވުމަށް ހަދާފައިވާ ޚާއްސަ ގާނޫނުތަކުގެ ދަށުންނެވެ. އެޕްރީލް 11 އިން ފެށިގެން ހަ ހަފުތާގެ މުއްދަތަށް ބާއްވާ އިންތިޚާބުގައި 900 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ބައެއް ތަޖްރިބާކާރުން ބުނަނީ އިންތިޚާބަށް 10 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

އިންޑިއާގައި ވޯޓުގެ ކުރިން 70 މިލިއަން ޑޮލަރު ހިފަހައްޓައިފި
އިންޑިއާގައި ވޯޓުގެ ކުރިން 70 މިލިއަން ޑޮލަރު ހިފަހައްޓައިފި

މާޗް މަހު 10 ވަނަ ދުވަހު އިންތިޚާބު އިއުލާންކުރުމާ އެކު ގިނަ އަދަދެއްގެ ފައިސާ އާއި ރަނާއި ރިހި ހިފައިގެން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ބޭނުމަކީ ސިޔާސީ ފަރާތްތަކުން ވޯޓު ގަތުން ހުއްޓުވުމެވެ. އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ފުލުހުންނާއި ރޭލްވޭ ސްޓާފުން ފަދަ ފަރާތްތަކަށް ވަނީ ވަގުތީ ބާރުތަކެއް ގާނޫނުގެ ދަށުން ދީފަ އެވެ. ވޯޓު ގަންނަން ކަމަށް ޝައްކު ކުރެވޭ ގޮތަށް ގެންގުޅޭ ފައިސާ އާއި ރަނާއި ރިހި އަދި ރާ ހިފެހެއްޓުމުގެ ބާރު އެ މީހުންނަށް ލިބިގެންނެވެ.

މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ވަނީ 4.4 މިލިއަން ލިޓަރުގެ ރަލާއި 1.5 ބިލިއަން ރުޕީސް (21.8 މިލިއަން ޑޮލަރު) ހިފަހައްޓައިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި މިއާ އެއްވަރުގެ އަދަދެއްގެ އަގުހުރި މަސްތުވާތަކެތި ވެސް ހިފަހައްޓާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން ހައިވޭއެއްގައި ދިޔަ ޓްރަކަކުން ވަނީ 120 މިލިއަން ރުޕީސް ހިފަހައްޓައިފަ އެވެ. އެއީ ވެސް ބަހަން ގެންދިޔަ ފައިސާ ކަމަށްވެ އެވެ. މީގެ ކުރިން ވެސް ސިޔާސީ ޕާޓީތަކުން ވަނީ ވޯޓު ހޯދަން މޯބައިލް ފޯނާއި ޓީވީ އަދި ތަފާތު ބާވަތުގެ އިލެކްޓްރޯނިކް ސާމާނު ބަހައިފަ އެވެ.

ވޯޓު ގަތުމުގައި ސިޔާސީ ފަރާތްތަކުން އަބަދުވެސް އަމާޒަކަށް ހަދަނީ ފަގީރު ހިސާބުތަކެވެ. އެކަން ހުއްޓުވުމަށް، އިންތިޚާބުތަކާ ބެހޭ ބައެއް ގާނޫނުތަކުގެ ދަށުން ބޮޑެތި އަދަދުތަކުގެ ފައިސާ އާއި ގަހަނާ ހިފެހެއްޓުމުގެ ބާރު ވަނީ ދީފަ އެވެ. މި ގޮތުން އެއް ކިލޯ އަށް ވުރެ ގިނަ ރަން، ރިހި އަދި އެއް މިލިއަނަށް ވުރެ ގިނަ ރުޕީސް ގެންގުޅޭ ނަމަ ހިފެހެއްޓުމުގެ ބާރު ވަނީ މެއި 23 ވަނަ ދުވަހު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާ ހަމައަށްދީފަ އެވެ.

އެންމެ ފަހުން ބޭއްވި 2014 ވަނަ އަހަރުގެ އިންތިޚާބުގައި 16 މިލިއަން ލިޓަރުގެ ރަލާއި 17،000 ކިލޯގެ މަސްތުވާތަކެތި ހިފެހެއްޓި އެވެ. އެކި ދާއިރާތަކުގައި ވޯޓު ގަތުން ފަދަ ކަންކަން ހިންގާނަމަ އެކަންކަން ރިޕޯޓް ކުރުމަށް މިފަހަރު ވަނީ މޯބައިލް އެޕެއް ވެސް ތައްޔާރުކޮށްފަ އެވެ.