ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ރަނގަޅު ދެތިން ޕޮއިންޓެއް
ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ރަނގަޅު ދެތިން ޕޮއިންޓެއް

"ނެޓްސްކޭޕް ނެވިގޭޓާ" އަކީ އެއް ޒަމާނެއްގައި ބޭނުންކުރި އިންޓަނެޓް ބްރައުޒާއެކެވެ. އެ އަށް ވުރެ މަޝްހޫރު އިންޓަނެޓް ބްރައުޒާއެއް އެއިރު ނެތެވެ. އެކަން މިހާރު އެނގެނީ މަދު ބަޔަކަށެވެ. ގޫގުލް ކްރޯމް މިހާރު އެ އޮތީ އެއިރު ނެޓްސްކޭޕް ނެވިގޭޓާ އޮތް މަގާމުގަ އެވެ. އެ އަށް ވުރެ ވެސް އުހުގަ އެވެ. އިންޓަނެޓް ބްރައުޒްކުރަން ގޫގުލް ކްރޯމް ބޭނުންކުރެވެނީ މަޝްހޫރުކަމަކުން އެކަންޏެއް ނޫނެވެ. ފަސޭހަތަކެއް ވެސް ހުރުމުންނެވެ. ދެތިން ޕޮއިންޓަކަށް އަލިއަޅުވާލާނަމެވެ.

ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ރަނގަޅު ދެތިން ޕޮއިންޓެއް
ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ރަނގަޅު ދެތިން ޕޮއިންޓެއް

މިހާރު މި ވަންނަނީ ކްރޯމްގެ ތެރެ އަށެވެ. "ޑޭންޖާ ޒޯން" އަށެވެ. ބަލައިގެން ކުރިއަށް ދާށެވެ. ފަސޭހަ ގޮތަކަށް ކްރޯމް ބްރައުޒާ ހަލާކު ވެސް ވެދާނެ އެވެ. އާ ޓެބެއް އަވަހަށް ހުޅުވާށެވެ. މި ތަންކޮޅު ޓައިޕްކޮށްލާށެވެ. ކޮޕީ ޕޭސްޓް ވެސް ކުރެވިދާނެ އެވެ. chrome://flags

ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ރަނގަޅު ދެތިން ޕޮއިންޓެއް
ގޫގުލް ކްރޯމް: ތަޖުރިބާކޮށްލަން ރަނގަޅު ދެތިން ޕޮއިންޓެއް

ކްރޯމް ބްރައުޒާ އަށް ކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭހާ ގިނަ ކަންތައް ކުރެވެން އެބަ ހުއްޓެވެ. އޮޕްޝަންތައް އަމިއްލަ އަށް ތަޖުރިބާކޮށްލާށެވެ. ބްރައުޒާ ހަލާކުވެއްޖެ ނަމަ ހާސް ނުވާށެވެ. ޑައުންލޯޑް ލިންކް މި އޮތީ އެވެ. އިންސްޓޯލްކޮށްލާށެވެ. https://www.google.com/chrome/browser/desktop

ކްރޯމްއާ ގުޅޭ އެހެން ވާހަކައެކެވެ. ޓައިޕްކޮށްލާށެވެ؛ http://momentumdash.com ސަޅި ދޯ އެވެ. ބޭނުން ނަމަ ކްރޯމް އަށް "އެޑް"ކޮށްލާށެވެ. އެއީ ކްރޯމް "އެކްސްޓެންޝަން" އެކެވެ.

ކްރޯމް ބްރައުޒާ މާ ބޮޑަށް ލަސްވެ، ބަރުހެލިނަމަ "ޝޮކް"ދޭށެވެ. "ކްލޯޒް"ކޮށްފަ އަލުން ހުޅުވާލުމުން ވެސް ބަރުހެލިކަން ފިލައިދާނެ އެވެ. އެކަމަކު ބްރައުޒާ ލަސްވާން ދިމާވާ ސަބަބެއް ވެސް އޮންނާނެ އެވެ. ބަލަމާ ހިނގާށެވެ.

"ޝިފްޓް" ކީ އަށް އޮބައި ދޫކޮށްނުލާ "އެސްކޭޕް" ކީ އަށް އޮބާލާށެވެ. ތިޔަ ފެންނަނީ "ޓާސްކް މެނޭޖާ" އެވެ. ބިރުނުގަންނާށެވެ. ކްރޯމް ބްރައުޒާ ހިނގަމުން ދާއިރު، "ލޯޑް"ކުރާ "ޓާސްކް"ތައް ފެންނަން އެ ހުރީ އެވެ. ތިޔަ ކުރާ ކަމަކާ ގުޅުމެއް ނެތް ޓާސްކެއް ހިނގާ ނަމަ ހުއްޓުވާށެެވެ. ޓާސްކަށް ފިތާލާފައި "އެންޑް ޓާސްކް" އަށް ފިތާލީމަ ނިމުނީ އެވެ. ރަނގަޅު ތަފާތެއް ފެންނަން ވާނެ އެވެ.