"ކްލައިމެޓް މާޗު"ގައި މަޖީދީ މަގު ފުރާލައިފި!
"ކްލައިމެޓް މާޗު"ގައި މަޖީދީ މަގު ފުރާލައިފި!

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލަން މި ފަހުގެ ތާރީޚުގައި ރާއްޖޭގައި ނުބާއްވާ ވަރުގެ ބޮޑު ހިނގާލުމެއް މާލޭގައި އިއްޔެ، "ކްލައިމެޓް މާޗު"ގެ ނަމުގައި ބާއްވައިފި އެވެ.

"ކްލައިމެޓް މާޗު"ގައި މަޖީދީ މަގު ފުރާލައިފި!
"ކްލައިމެޓް މާޗު"ގައި މަޖީދީ މަގު ފުރާލައިފި!

އިއްޔެ ހަވީރު ރަސްފަންނުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމައަށް މަޖީދީ މަގުގައި ބޭއްވި ހިނގާލުމުގައި އެކި ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވެސް ބައިވެރިވި އެވެ.

"ކްލައިމެޓް މާޗު"ގައި މަޖީދީ މަގު ފުރާލައިފި!
"ކްލައިމެޓް މާޗު"ގައި މަޖީދީ މަގު ފުރާލައިފި!

ރޭ މުޅި ދުނިޔޭގައި ފާހަގަކުރި "އާތު އަވާ"ގެ ހަރަކާތެއްގެ ގޮތުގައި ބޭއްވި ކްލައިމެޓް މާޗުގެ ބައިވެރިން ގިނަކަމުން މަޖީދީ މަގަށް ބާރު ބޮޑުވެ، ދަތުރުފަތުރު ހުއްޓުމަކަށް އަ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ތިމާވެއްޓާ ބެހޭ އެފަދަ ބޮޑު ހިނގާލުމެއް މީގެ ކުރިން ނުދެކެ އެވެ.

އާތު އަވާ މޯލްޑިވްސް އާއި ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރާއި ތިމާވެށީގެ ޖަމިއްޔާ އީކޯ ކެއާ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ ވެސް ގުޅިގެން ބޭއްވި މި ހިނގާލުމުގައި 3،700 އަށް ވުރެ ގިނަ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ބައިވެރިވި އެވެ. އޭގެ އިތުރުން ސްކައުޓުންނާއި ގާލްގައިޑުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ވެސް މި ހިނގާލުމަށް ލިބުނެވެ.

އާތު އަވާ މޯލްޑިވްސްގެ އާތު އަވާ އެޑްވޮކަސީ ޑައިރެކްޓަރު މައީދު ޒާހިރު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް ހިނގާލުން ކުރިއަށް ގެންދިޔަ ކަމަށެވެ.

ހިނގާލުމުގައި އެކި ހިސާބުތަކަށް ހުއްޓި ތިމާވެއްޓާ ގުޅޭ އެކި މައުލޫއުތަކަށް ވާހަކަ ދެއްކި އެވެ އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ކުރިމަތިވާ ގޮންޖެންހުންތަކުގެ މެސެޖްތައް ދިނެވެ. އަދި އެކި ސިޔާސަތުތައް ހަދާއިރު އޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަމާ މެދު ވިސްނުމުގެ މުހިއްމު ކަމާ މެދު ވެސް ބައިވެރިން ވާހަކަދެއްކި އެވެ.

"މި އެވެންޓްގައި މިހާ ގިނަ އަދަދެއްގެ ކުދިންނާއި މީހުން ބައިވެރިވީމާ އަސްލު ވަރަށް ހިތްހަމަޖެހޭ،" މައީދު ވިދާޅުވި އެވެ.

"ވަރަށް މުހިންމު ކަމެއް ތިމާވެށީގެ މިކަހަލަ ހަރަކާތްތަކުގައި ދަރިވަރުންނާއި ބޮޑެތި މީހުން ވެސް ބައިވެރިވުމަކީ. ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ ހައްގުގައި މަސައްކަތްކުރަން ތިބީ މިހާރުގެ ދަރިވަރުން. އެގޮތުން އިއްޔެ އަކީ ކާމިޔާބު ދުވަހެއް."

އޭނާ ވިދާޅުވީ އެހާ ގިނަ ދަރިވަރުންނާ އެކު ހިނގާލުމެއް ބޭއްވި އިރު ޓްރެފިކްގެ ކަންކަން ބަލަހައްޓައިދޭން ފުލުހުން ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"މި ހިނގާލުމުގެ އެކި ކަންކަމުގައި އުޅުނު ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން،" މައީދު ވިދާޅުވި އެވެ.

ދުނިޔޭގައި އާތު އަވާ ފާހަގަކުރަނީ ކަރަންޓް ބޭނުންކުރާ އެއްޗެހި އެއް ގަޑިއިރަށް ހުއްޓާލައިގެންނެވެ. ރާއްޖޭގައި އާތު އަވާގެ މައިގަނޑު އިވެންޓް ބޭއްވީ ކުޅުދުއްފުށީގަ އެވެ. އަދި މާލޭގެ ދުވާ ޓްރެކް އޮންނަ ދަނޑުގެ ބޮކިތައް ނިންވާލައިގެން ވެސް ހަރަކާތެއް ހިންގި އެވެ.