ޕްރައިމް ޕްލަސް: ގޭތެރެ ޒީނަތްތެރި ކުރާ ސާމާނަށް ހާއްސަ
ޕްރައިމް ޕްލަސް: ގޭތެރެ ޒީނަތްތެރި ކުރާ ސާމާނަށް ހާއްސަ

ގޭތެރޭގެ އިންޓީރިއާ ބޭނުންތަކަށް ހާއްސަ މި ފިހާރައަކީ އެކަމަށް ވަރަށް ހާއްސަ މުދާ ވިއްކާ ފިހާރައެކެވެ. "ޕްރައިމް ޕްލަސް" ހާއްސަ ވަނީ ގޭތެރެ ރީތިކުރުމަށް ބޭނުންވާ ވަރަށް ތަފާތު އެކި ބާވަތްތަކުގެ މުދާ ލިބެން ހުރީތީ އެވެ.

ޕްރައިމް ޕްލަސް: ގޭތެރެ ޒީނަތްތެރި ކުރާ ސާމާނަށް ހާއްސަ
ޕްރައިމް ޕްލަސް: ގޭތެރެ ޒީނަތްތެރި ކުރާ ސާމާނަށް ހާއްސަ

މާލޭގެ ހަވީރީ ހިނގުމުގައި ހުންނަ ޕްރައިމް ޕްލަސް އިން ގޭތެރެ ޒީނަތްތެރިކުރަން ބޭނުންވާ ތަފާތު މުދަލާއި އެކި ސައިޒުގެ މަސް ޓޭންކު ލިބޭނެ އެވެ. އެތަނުގެ އަމާޒަކީ ގެއެއް ނުވަތަ ތަނެއް ޒީނަތްތެރިކުރަން ބޭނުންވާ ފެންވަރު ރަނގަޅު މުދާ އެކަށީގެންވާ އަގުތަކެއްގައި ދިވެހިންނަށް ފޯރުކޮށްދިނުމެވެ.

ޕްރައިމް ޕްލަސް: ގޭތެރެ ޒީނަތްތެރި ކުރާ ސާމާނަށް ހާއްސަ
ޕްރައިމް ޕްލަސް: ގޭތެރެ ޒީނަތްތެރި ކުރާ ސާމާނަށް ހާއްސަ

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގެދޮރުވެރިކަން އިތުރުވާ ވަރަކަށް ކޮންމެ މީހަކު ވެސް އެ މީހެއްގެ ގެ ރީތިކޮށް، ޒީނަތްތެރިކޮށް ބަހައްޓަން މަސައްކަތްކުރާ ކަން،" ޕްރައިމް ޕްލަސް ހިންގާ "ޕްރައިމް ފާޓިލައިޒާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝިޔާޒު ވިދާޅުވި އެވެ.

ޕްރައިމް ޕްލަސް އިން ވިއްކާ އެއްޗެހީގެ ތެރޭގައި ރަނގަޅު ކޮލިޓީގެ ތަފާތު ކުރެހުންތަކާއި ފޮޓޯ ފްރޭމާއި ގަސް އިންދާ ޕޮޓް ބަހައްޓާނެ އެއްޗެއްސާއި މާ ޓުކުރި އަދި އެކި ވައްތަރުތަކުގެ ގަޑި ހިމެނެ އެވެ. އެތަނުން ބުނި ގޮތުގައި ކެފޭ، ރެސްޓޯރަންޓު ނުވަތަ ގެސްޓްހައުސް ވިޔަފާރިކުރާ މީހުންނަށް ވެސް އެ ފިހާރައިގައި ހުންނަ އެއްޗެހި ކަމުދާނެ އެވެ. ދެ ފްލޯގައި ހިންގާ އެ ފިހާރައިގެ މަތީބުރީގައި ހުންނާނީ އެ ކަމަށް ހާއްސަ މުދަލެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އާޓިފިޝަލް ގަސް ވެސް ހިމެނެ އެވެ.

އެ ފިހާރައިން ބުނި ގޮތުގައި ތަފާތު ތީމްތަކަށް ރެސްޓޯރަންޓާއި ކެފޭ ފަދަ ތަންތަން ހަދަން ބޭނުންވާ މީހުންނަށް ވެސް އެކަމަށް ބޭނުންވާ ތަފާތު ވައްތަރުތަކުގެ މުދާ އެ ތަނުން ލިބޭނެ އެވެ.

މީގެ އިތުރުން ޕްރައިމް ޕްލަސް އިން އެކި ސައިޒުގެ މަސްޓޭންކާއި އެ އަށް ބޭނުންވާ އެސަސަރީޒް ވެސް ވިއްކަ އެވެ. އެތަނުން ވިއްކާ އެސަސަރީޒްތަކުގެ ތެރޭގައި މަސް ޓޭންކު ފިލްޓަރާއި، ލައިޓާއި، ޕަމްޕާއި، ޗިލަރާއި ސްކިމާގެ އިތުރުން މަސް ކާނާ އާއި މަސްޓޭންކުގައި ބަހައްޓާ އެކި ވައްތަރުގެ ގަސް ހިމެނެ އެވެ. އަދި ގެސްޓްހައުސް އާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ޒީނަތްތެރިކުރަން ބޭނުންވާ މީހުންނަށް އެތަނުގައި ހުރި ބޮޑެތި މަސްޓޭންކުތައް ރަނގަޅުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ޕްރައިމް ޕްލަސް ހިންގާ ޕްރައިމް ފާޓިލައިޒާސް އަކީ ފުޅާ ދާއިރާއެއްގައި، ދަނޑުވެރިކަމަށް ބޭނުންވާ ތަފާތު ގިނަ ބާވަތްތަކުގެ ގަސްކާނާ އާއި، ބޭސް އަދި މެޝިނަރީޒް އާއި ޓޫލްސްގެ އިތުރުން ތަފާތު ވައްތަރުތަކުގެ ފެންވަރު ރަނގަޅު މުޑުވައް ރާއްޖެ އަށް އެތެރެކޮށް ދަނޑުވެރިންނަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.