30 މާޗް 2019 - 19:06

ހައި ކޯޓުގައި އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމު އުފައްދައި އެ މަގާމަށް ބޭފުޅަކު ހަަމަޖައްސަވައިފި އެވެ. އެ މަގާމަށް ހަމަޖެއްސެވީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ، ފާރިޝް އަހުމަދެވެ.
ސިޓީ ޔުނިވާސިޓީ އޮފް ލަންޑަން އިން މާސްޓާސް ހާސިލްކުރައްވާފައިވާ ފާރިޝް، 25، އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އޭނާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ލަންޑަން ޔުނިވާސިޓީންނެވެ.
ހައި ކޯޓުގައި ރަޖިސްޓްރާއަކަށް ހުންނެވީ މަރިޔަމް ހުރުޝީދާ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.