01 އެޕްރީލް 2019 - 07:32

ޖޭމްސް ބޮންޑްގެ ރޯލް ކުޅެފައިވާ މަޝްހޫރު އެކްޓަރު ޕިއާސް ބްރޮސްނަން އާއި ބަތަލާ ޖެނިފާ އެނިސްޓަންގެ ކުރީގެ ފިރިމީހާ ކަސްޓިން ތުރީ "ފޯލްސް ޕޮޒިޓިވް" ކިޔާ ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.
އެ ދެ ތަރިންނާ އެކު މި ފިލްމުގެ ފެނިގެންދާނެ ކާސްޓުންގެ ތެރޭގައި މިދިޔަ ހަފުތާގެ ތެރޭގައި ކޮމެޑީ ސެންޓްރަލް އިން ނިންމައިލި ސިލްސިލާ "ބްރޯޑް ސިޓީ" ގެ ބަތަލާ އިލާނާ ގްލޭޒާ، ޒައިނަބް ޖާ، ގްރެޗެން މޯލް، ސޯފިއާ ބުޝް އަދި ޖޯޝް ހެމިލްޓަން ހިމެނެ އެވެ.
ވެރައިޓީން ބުނި ގޮތުގައި އިލާނާ ޕްރޮޑިއުސަރެއްގެ އިތުރުން ކޯ-ރައިޓަރެއްގެ ގޮތުގައި ވެސް ހިއްސާވާ "ފޯލްސް ޕޮޒިޓިވް" ލިޔެ، ޑައިރެކްޓް ކުރަނީ ނެޓްފްލިކްސްގެ "ޕީ-ވީޒް ބިގް ހޮލިޑޭ" ގެނެސް ދިން ޖޯން ލީ އެވެ.
މި ފިލްމުގެ ޕްރި-ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށް ދިޔަ ނަމަވެސް، ފިލްމުގައި ކިޔައި ދޭނީ ކޮން ކަހަލަ ބިރުވެރި ހާދިސާތަކެއް ކަމެއް އަދި ނޭނގެ އެވެ.
މިދިޔަ އަހަރު "މާމާ މިއާ" ގެ ދެވަނަ ބައި "މާމާ މިއާ! ހިއާ ވީ ގޯ އެގެއިން" އާއި "ފައިނަލް ސްކޯ" އަދި "ސްޕިނިން މޭން" އިން ފެނިގެން ދިޔަ ބްރޮސްނަން، 65، ދާދި ފަހުން ވަނީ އޭއެމްސީގެ ސިލްސިލާ "ދަ ސަން" އިން ވެސް ފެނިގެން ގޮސްފަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ކިންގްސް ޑޯޓާ" އަދި "ދަ މިސްފިޓްސް" ހިމެނެ އެވެ.
ޖަސްޓިން، 47 އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "އޮން ދަ ބޭސިސް އޮފް ސެކްސް" އެވެ.