މަސްތުވާތަކެއްޗާއެކު ތިނަދޫ ކޯޓު ގާޒީއަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ތިނަދޫ ކޯޓު ގާޒީއަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓެއް ކަމަށްވާ އިބްރާހިމް ރަޝީދު ރޭ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާއެކު ތިނަދޫ ކޯޓު ގާޒީއަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ތިނަދޫ ކޯޓު ގާޒީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ތިނަދޫން ވަނީ މަސްތުވާތަކެއްޗާ އެކު 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. ރޭ އޭނާ ހައްޔަރުކުރި އިރު ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ،" ވެބްސައިޓުގައި ވެ އެވެ.

ހައްޔަރުކުރީ މެޖިސްޓްރޭޓް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މަސްތުވާތަކެއްޗާ އެކު މެޖިސްޓްރޭޓް ހައްޔަރުކުރިކަން ތިނަދޫ ކައުންސިލް މެންބަރަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ. ހައްޔަރުކުރި މެޖިސްޓްރޭޓަކީ އެ ކޯޓުގައި މަސައްކަތް ކުރައްވާތާ ފަސް ވަރަކަށް އަހަރު ވެފައިވާ ބޭފުޅެކެވެ.