21 ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ނިންމައިފި
21 ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ނިންމައިފި

ޗައިނާ ސަރުކާރުން ދިން އެހީއެއްގެ ދަށުން 21 ރަށެއްގައި ޓާފް ފުޓްސަލް ދަނޑު އަޅަން ސްޕޯޓްސް މިނިސްޓްރީން މިއަދު ނިންމައި މާދަމާ އަމަލީ މަސައްކަތް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާފައިވާ ކަމަށާއި ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް އޮޑިޓަށް ބެލުމަށް ފަހު، އެއްވެސް ވަސީލަތެއް ނެތް ރަށްތަކުގައި ކަމަށެވެ.

މީގެ ތެރޭގައި ކުދިކުދި ރަށްރަށް ހިމެނޭއިރު، މިނިސްޓަރު ވިދާޅުވީ މީގެ ކުރިން މިފަދަ ގިނަ ޕްރޮޖެކްޓްތައް ހިންގާފައި ހުރީ ބޮޑެތި ރަށްރަށުގައި ކަމަށާއި މި ސަރުކާރަކީ ރަށުގެ ސައިޒުން ތަފާތުކުރާނެ ސަރުކާރެއް ނޫންކަން މިކަމުން ދައްކުވައިދޭ ކަމަށެވެ.

ހއ.21 ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ނިންމައިފި މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ށ. ނޫމަރާ، ނ. ހެބަނދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމު، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ތ. ބުރުނި، ތ. ވަންދޫ، ލ. މުންޑޫ، ވ. ތިނަދޫ، ދ. ރިނބުދޫ.

ދަނޑު އަޅާން ޓާފާއި އެނޫން ސާމާނުތައް ޗައިނާ ސަރުކާރުން ދިންއިރު، އެހެނިހެން ހަރަތުތައް ކުރާނީ ސަރުކާރުންނެވެ. އަދި މާދަމާ އިން ފެށިގެން ސާމާނުތައް ރަށްރަށަށް ފޮނުވައި ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަނޑުތައް އަޅާއިރު އެންމެ ބޮޑަށް ވިސްނަނީ ވިޔަފާރި މޮޑެލަށް ހިންގަން ކަމަށާއި މަރާމާތުކުރުން ފަދަ ކަންކަމަށް އަބަދުވެ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދުކުރުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން އަޅަން ރާވައި ނުފެށި ހުރި ދަނޑުތަކުގެ ޕްރޮޖެކްޓްތަކާ ބެހޭގޮތުން އެފްއޭއެމްއާ މަޝްވަރާކޮށް އެކަން ވީހާ ވެސް އަވަހަކަށް ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާފަންނު ވެލި ދަނޑުގައި އިތުރު ޓާފް ދަނޑެއް އަޅަން ފީފާ އިން ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެފްއޭއެމްއާ އެކު އަންނަ ހަފުތާގައި މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.