ބަރުދަން ލުއިކުރަން ބޭކިން ސޮޑާ
ބަރުދަން ލުއިކުރަން ބޭކިން ސޮޑާ

ބަރުދަން ލުއިކުރަން އުޅޭ ނަމަ ބޭކިން ސޮޑާ އަކީ ބޭކާރުތައް މަސްތައް ވިރުވާލައި، ބަރުދަން ލުއިކުރަން އެހީއަކަށް ވެދާނެ އެވެ. މިއީ އެގޮތުން ބޭކިން ސޮޑާއިން ނަތީޖާ ނެރެވިދާނެ ގޮތްތަަކެކެވެ.

ބަރުދަން ލުއިކުރަން ބޭކިން ސޮޑާ
ބަރުދަން ލުއިކުރަން ބޭކިން ސޮޑާ

އެކަމަކު ހަނދާންކުރާށެވެ. ބަރުދަން ލުއިކުރުން ފަދަ ސިއްހަތާ ގުޅުން ހުރި ކަންކަމުގައި ޑޮކްޓަރެއްގެ ލަފާ ނުހޯދާ އެއްވެސް ކަމެއް ނުކުރާށެވެ.

* ބޭނުންވާ ތަކެތި:

2 ލީޓަރު ފެން

3 ލުނބޯ

2 ސައިސަމުސާ ބޭކިން ސޮޑާ

ޕާސްލީކޮޅެއް

* ތައްޔާރު ކުރާނެ ގޮތް:

ފެން ހޫނުކޮށްފައި ޖަގަކަށް އަޅާފައި ހިހޫ ވަންދަން ބަހައްޓާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ލުނބޯ ފަޅިކޮށްފައި އެޅުމަށް ފަހު، ޕާސްލީ ވެސް ކުދިކޮށް ކޮށައިލުމަށް ފަހު، ބޭކިން ސޮޑާ ވެސް އަޅައިލުމަށް ފަހު، ރަނގަޅަށް ސަމުސަލަކުން ގިރައިލާށެވެ. އެއަށް ފަހު ފްރިޖްގައި ބަހައްޓާފައި ކޮންމެ ދުވަހަކު ވެސް ބޯނީ އެވެ. އެކަމަކު ދުވާލަކަށް ބޭނުން ކުރަން ލަފާ ދީފައި ވަނީ މީގެ 100 ގްރާމު (100 މިލިލީޓަރު) އެވެ.

* ބޭނުންވާ ތަކެތި:

2 ސައިސަމުސާ އެޕަލް ސައިޑާ ވިނިގާ

1/2/ ސަމުސާ ބޭކިން ސޮޑާ

1 ތަށި ފެން

* ތައްޔާރު ކުރާނެ ގޮތް:

ފެން ތަށީގެ ތެރެއަށް ވިނިގާ އާއި ބޭކިން ސޮޑާ އަޅާފައި ރަނގަޅަށް ގިރައިލީމާ އެހެރީ މި ބުއިން ތައްޔާރު ކުރެވިފަ އެވެ.

މިއީ ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ހުރެ މި ބޯން އާދަކޮށްފި ނަމަ ބޭކާރު މަސްތައް ވިރުވައިލަން އެހީވާ އެއްޗެކެވެ.