އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް: ނަޝީދު
އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް: ނަޝީދު

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު ސުވާލު އުފައްދަން ނުޖެހޭ ކަމަށާއި ޕާޓީގެ އެތެރޭގެ އިންތިޒާމްތަކުން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް: ނަޝީދު
އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް: ނަޝީދު

ހުވަދު އަތޮޅުގެ އަށް ދާއިރާ އަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުންނަކީ ކޮބައިތޯ ސުވާލު ކުރާ ކަމަށެވެ. އެ ސުވާލު ކުރާ ފަރާތްތައް، އަލުން ލިޔަން ކިޔަން ދަސްކުރަން ޖެހެނީބާއޭ ހިތްޕުޅަށް އަރާ ވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް: ނަޝީދު
އެމްޑީޕީން ތާއީދު ކުރާ ކެންޑިޑޭޓުންނާ މެދު އޮޅުމެއް ނެތް: ނަޝީދު

"އަޅުގަނޑުމެންގެ އެތެރޭގެ އިންތިޒާމްތަކުން ނިންމަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަކީ ކޮބައިކަން. އެ ކެންޑިޑޭޓުން ނިންމީމާ، އެއީ އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓުން، އެއީ ރައީސް ނަޝީދުގެ ވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެސް، އަޅުގަނޑުމެންގެ ނައިބު ރައީސް ޝިފާޒްގެ ވެސް އަދި އަޅުގަނޑުމެން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ވެސް ކެންޑިޑޭޓުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެ، ވާހަކަފުޅު ދެއްކެވި އިރު ތިނަދޫ އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަބްދުލް މުޣްނީއަށް ތާއީދު ނުކުރާނެ ކަމަށް އެމްޑީޕީން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. މުޣުނީގެ ކުރީގެ އަންހެނުންނަށް އޭނާ ގެވެށި އަނިޔާ ކުރި މައްސަލަ އޭނާ ފެންމަތި ކުރުމުން، މުޣުނީއަށް ތާއީދު ނުކުރާނެ ކަަމަށާއި އޭނާގެ ކެމްޕޭންގައި ވެސް ބައިވެރި ނުވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

ނަމަވެސް ނަޝީދު ތިނަދު އަށް ކުރެއްވި ދަތުރުފުގައި އަމަލު ކުރައްވަމުން ގެންދެވީ އެ ނިންމުމާ ހިލާފަށެވެ. މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުޣުނީ ބައިވެރިކުރައްވައި، އެޖެންޑާ 19 ސޭޝް ވެސް އޭނާގެ ކަރުގައި އަޅުއްވައި ދެއްވީ ނަޝީދެވެ. އެޖަލްސާގައި މުޣުނީ ވާހަކަވެސް ދެއްކެވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަށް އެމްޑީޕީގެ ޓިކެޓް ދީފައި ވަނިކޮށް، އެ ދާއިރާ އަށް ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ރިޔާޒަކީ ސަރުކާރުގެ ކެންޑިޑޭޓު ކަމަށް ވިދާޅުވުމުން މުސްތަފާގެ ސަޕޯޓަރުން ގެންދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ. އަބްދުﷲ ރިޔާޒަކީ ސަރުކާރު ކެންޑިޑޭޓް ކަމަށް ވިދާޅުވެ، އޭނާ ވެސް ވާހަކަ ދައްކަވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެކަމަށް ރައްދު ނުދެއްވާތީ މުސްތަފާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރައީސް ނަޝީދު މިރޭ ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންނެއް މިހާރަކު ނުތިއްބަވާނެ ކަމަށާއި ތިއްބަވާނީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރައްވާ ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށެވެ.

"ރަދުންގެ އަށް މެމްބަރުން މަޖިލީހުން ނެތި ދިޔަތާ، ނީންނަވާތާ ލައްކަ ޒަމާން ވެއްޖެ. އަޅުގަނޑުމެން ފެހި ގާނޫނު އަސާސީ ހޯދީ ސީދާ ރައްޔިތުންގެ، ރައްޔިތުންގެ މަޖިލީހެއް ހޯދުމަށް. ރައްޔިތުން އިންތިހާބުކުރާ، ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާ މަޖިލީހެއް ހޯދަން،" ނަޝީދު ވިދާޅުވި އެވެ.