26 މާޗް 2019 - 20:41

މާލެ އަތޮޅު ކޮއްދިއްޕަރު ރިސޯޓާ ކައިރިން ކަނޑުމަތިން މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އިތުރު އެއްވެސް މައުލޫމާތެއް ހާމަނުކޮށް، ފުލުހުން ހަމައެކަނި ބުނީ ހަށިގަނޑު ފެނުނީ މިރޭ އިރާކޮޅު ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުން ފެންމަތީގައި އޮތް ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފޯވެފަ އެވެ. އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ވެސް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.