26 މާޗް 2019 - 17:40

އާތު އަވާއަށް ހާއްސަކޮށްގެން ވެލިގާ ހާޑްވެއާއިން ޕްރޮމޮޝަނެއް ފަށައިފި އެވެ.
ވެލިގާ ހާޑްވެއާއިން ފެށި ޕްރޮމޯޝަން ކުރިއަށްދަނީ މި މަހުގެ 24 ން 30ގެ ނިޔަލަށެވެ. ދުނިޔޭގައި އާތް އަވާ ފާހަގަކުރަނީ މާޗު 30 ވަނަ ދުވަހު އެވެ.
މި ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއާގެ ހުރިހާ ފިހާރައަކުން އަދި ބްލަންކް ފިހާރައިން ލެޑް ޕްރޮޑަކްޓުތަކުން ވިޔަފާރިކުރާ ފަރާތްތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.
ވެލިގާ ހާޑްވެއާއިން 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާ ތަކެތި އަންނަނީ ވިއްކަމުންނެވެ. ދުނިޔޭގެ ނަން މަޝްހޫރު އެއަތް ބްރޭންޑެއްގެ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނާއި ހަމައަށް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.