26 މާޗް 2019 - 17:43

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބީ ޕްލަސްއެއް ފިޗް ރޭޓިންސުން ދީފި އެވެ.
ބީ ޕްލަސް އެއްގެ ރޭޓިންގެ މާނަކީ އެ ކުންފުނީގެ މާލީ ހަލަތާއި ކުންފުނީގެ އޯވަރޯލް ހާލަތު ހުރީ މެދު މިންގަނޑެއްގައި ކަމެވެ. ސަރުކާރު 100 ޕަސެންޓް ހިއްސާވާ އެޗްޑީސީއަކީ ގަވާންމެންޓް ރިލޭޓެޑް އެންޓިޓީއެއްގެ ގޮތުގައި ފިޗުން ވަނީ ކަނޑައަޅާފަ އެވެ.
އެހެންކަމުން އެ ކުންފުންޏަށް ލިބިފައިވަނީ ސަރުކާރަށް ވެސް ފިޗުން ދީފައިވާ ރޭޓިން އެވެ. މިއީ އެ ކުންފުނި ރޭޓްކުރި ފުރަތަމަފަހަރެވެ.
އެޗްޑީސީއަށް ބީ ޕްލަސް ރޭޓިންއެއް ލިބިފައިވާ އިރު މިދިޔަ އަހަރު ފަހުކޮޅު އެ ކުންފުނީގެ ކޭޝް ފްލޯ މައްސަލަތަކެއް ދިމާވެ، ކުންފުންޏަށް ފައިސާ ހޯދުމަށް ހުޅުމާލެއިން ބިންތަކެއް ވިއްކުމަށް އިއުލާނު ވެސް ކޮށްފައިވެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕެއިނަށް އެ ކުންފުނިން 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވާހަކަ ފެތުރިފައިވެ އެވެ.
މިކަންކަމާ ގުޅިގެން އޮޑިޓް އޮފީހުން އަންނަނީ އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަމުންނެވެ.