ޗައިނާ އިން ޕާކިސްތާނަށް 2.2 ބިލިއަން ޑޮލަރު ދީފި
ޗައިނާ އިން ޕާކިސްތާނަށް 2.2 ބިލިއަން ޑޮލަރު ދީފި

އިސްލާމްއާބާދު (މާޗް 26) - ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް ޗައިނާ އިން 2.2 ބިލިއަން ޑޮލަރުގެ ލޯނު ދީފި އެވެ.

މާލީ އެހީގެ ގޮތުގައި ޕާކިސްތާނަށް މިހާތަނަށް ވަނީ 9.1 ބިލިއަން ޑޮލަރު ލިބިފަ އެވެ. ޗައިނާ އިން 4.1 ބިލިއަން ޑޮލަރު ދީފައިވާ އިރު ސައުދީ އަރަބިއާ އިން ވަނީ ތިން ބިލިއަން ޑޮލަރު ދީފަ އެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ދެ ބިލިއަން ޑޮލަރު ދީފަ އެވެ.

"ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) އަށް ވަނީ 15 ބިލިއަން ޔުއާން (2.2 ބިލިއަން ޑޮލަރު) ލިބިފައި،" ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ބުނެފައިވެ އެވެ.

ފައިނޭންސް މިނިސްޓްރީގެ ތަރުޖަމާން ޚައްގާން ހަސަން ނަޖީބު ވިދާޅުވީ ޗައިނާ އިން ދިން އެހީގެ ސަބަބުން ގައުމުގެ އިގްތިސާދަށް މި ވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށެވެ.

އެސްބީޕީގެ ރިޒާވް މާޗް 15 ވަނަ ދުވަހާ ހަމައަށް ހުރީ 8.84 ބިލިއަން ޑޮލަރުގަ އެވެ.