މާފުށީގައި ސައިކަލެއްގައި ރޯކޮށްލައިފި
މާފުށީގައި ސައިކަލެއްގައި ރޯކޮށްލައިފި

ކ. މާފުށީގައި ރޭ ދަންވަރު ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

އެ ރަށު އަމްބަރީ ހައުސް ކުރިމަތީގައި ހުރި ސައިކަލްގައި ދަންވަރު 2:30 ކަން ހާ އިރު ރޯކޮށްލިއިރު އެ ސައިކަލު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ސައިކަލްގެ ވެރިފަރާތަކީ ކުރީގެ ފުލުހެކެވެ. އޭނާ އަކީ މީގެ ހަ އަހަރު ފެށިގެން މާފުށީގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށް ވެ އެވެ.

މިދިޔަ ހުކުރު ދުވަހު ހޯރަފުށީގައި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައި ވާ އިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ފަތިހު ވެސް މާލޭގައި ވަނީ ހަ ސައިކަލެއްގައި ރޯކޮށްލައިފަ އެވެ. ހޯރަފުށީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ އިރު، މާފަންނު އިހުސާން ކައިރީގައި ހުރި ސައިކަލްތަކުގައި ރޯކުރި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.