ހައްދަން ފަސޭހަ 5 ގަހެއް
ހައްދަން ފަސޭހަ 5 ގަހެއް

ގެއެއް ފުރިހަމަވާނީ ގަސް ވެސް ހުރިއްޔާ އެވެ. ގަސް ހެއްދުމަކީ ގިނަ ބަޔަކު ވަރަށް ކުރާހިތުން ކުރާ ކަމަކަށް ވިއަސް ގަސްތަކަށް އަޅައިލަން ބޮޑުކަމަކަށް ވާ މީހުން އުޅެ އެވެ. ބައެއްފަހަރު ވަގުތުގެ ދަތިކަމުންނެވެ.

ހައްދަން ފަސޭހަ 5 ގަހެއް
ހައްދަން ފަސޭހަ 5 ގަހެއް

އެހެން ދިމާވާ ނަމަ، ގަސް ހެއްދުމުގައި ފަސޭހައިން ހެދޭ ފަދަ ގަސްތައް އިހްތިޔާރުކުރެވިދާނެ އެވެ. ތިރީގައި މި ހިމަނާލަނީ ފަސޭހައިން ހެއްދޭ އަދި ގިނަ ދުވަހު މަރުނުވެ ހުންނަ ފަސް ވައްތަރެއްގެ ގަހެވެ.

ހައްދަން ފަސޭހަ 5 ގަހެއް
ހައްދަން ފަސޭހަ 5 ގަހެއް

އޭގެ ކުރިން، ގަސްތައް ގިނަ ދުވަހު ދިރި ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ދެތިންކަމެއް ހިމަނައިލާނަމެވެ.

ހައްދަން ފަސޭހަ 5 ގަހެއް
ހައްދަން ފަސޭހަ 5 ގަހެއް

1. ގަސްތައް ގިނަ ގިނައިން އެއްތަނުން އަނެއްތަނަށް ބަދަލުނުކުރާށެވެ.

ހައްދަން ފަސޭހަ 5 ގަހެއް
ހައްދަން ފަސޭހަ 5 ގަހެއް

2. މާގިނައިން ފެން ނުދޭށެވެ.

ހައްދަން ފަސޭހަ 5 ގަހެއް
ހައްދަން ފަސޭހަ 5 ގަހެއް

3. ހިކިފައި ހުންނަ މާތައް ވަކިކުރާށެވެ.

4. ކުޑަކުދިންނާއި ދިރޭ ތަކެތިން ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރާށެވެ.

5. ގަހަށް އެކަށީގެންވާ ވަރުގެ ބޮޑު ޕޮޓެއްގައި ގަސް އިންދާފައި ބަހައްޓާށެވެ.

ދެން މި ކިޔައިދެނީ ފަސޭހައިން ހެއްދޭ ބައެއް ގަސްތަކެވެ.

މިއީ ގޭގައި ހުންނަ "ކާބަންމޮނޮކްސައިޑް" މަދުކޮށްދޭ ގަހެއް ކަމަށް އޮންނަނީ ގަބޫލުކުރެވިފަ އެވެ. ގަދަ އަވި ޖެހުމުން މީގެ ފަތްތައް މިލަ އެވެ. އަދި މިއީ އެތައް ޒަމާނެއް ވަންދެން ފަސޭހަކަމާއެކު ހެދޭ ވައްތަރެއްގެ ގަހެއްމެ އެވެ.

ސްނޭކް ޕްލޭންޓަށް ވެސް ހަމައެކަނި ފެން ފޮދެއް ދީފައި، ގަދި އަވި ނުދޭ ތަނެއްގައި ބެހެއްޓުމުން އެކަނި ހުރެ ކިތަންމެ ދުވަހެއް ވަންދެން ހެދެ އެވެ. މީގެ ފަތުގެ ވަށައިގެން ހުންނަ ރީނދޫ ބައި ފަހަރެއްގައި ފަސޭހައިން ހިކިދާނެ އެވެ. އެކަމަކު އެކަށީގެންވާވަރަށް ވުރެ ގިނައިން ފެން ނުދޭ ނަމަ ހުންނާނީ ރަނގަޅަށެވެ.

އެލޯވެރާއަކީ ތަންކޮޅެއް ގިނައިން އަވި ބޭނުންވާ އެއްޗެކެވެ. އެކަމަކު ހުރަހެއްނެތި ލިބޭ ގަދަ އައްވެއް ނޫނެވެ. މީގެ ފަތްތައް ބުރިކޮށްގެން ހަމުގެ އެކި ފަރުވާއަށް ގިނައަދަދަކަށް ބޭނުން ކުރެވެ އެވެ.

ގޭގެ ފެންޑާގައި ފާން ޕޮޓެއް ބެހެއްޓުމުން ބޮޑު ތަފާތެއް ދައްކާނެ އެވެ. ބަލައިލަން ކިތަންމެހާ ވެސް ހިތްގައިމުވާނެ އެވެ. މިއީ ވެސް މެދުމިންވަރަކަށް އަވި ބޭނުންވާ ބާވަތެކެވެ.

ބަދިގޭގައި ހައްދާފައި ބަހައްޓަން މިވަރެއް ނެތެވެ. ކާއެއްޗެހި ތައްޔާރު ކުރާއިރު އާއި ތަފާތު ލުއި ބުއިންތަކަށް ވެސް މިފަތުގެ ބޭނުން އަހަރުމެންނަށް ކުރެވެ އެވެ. އަދި މިއީ ހައްދަން ފަސޭހަ، އަވަހަށް އިތުރުވާ ވައްތަރުގެ ގަހެކެވެ. ކުދި ކުރިކޮޅުތައް ބުރިކޮށްގެން އެހެން ޕޮޓްތަކުގައި އިންދުމުން އަވަހަށް އާލާވާނެ އެވެ.