27 މާޗް 2019 - 14:28

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ 15 ވަނަ އަހަރީ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ނިމިއްޖެ އެވެ.

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ބާއްވާ ފުޓްސަލް މުބާރާތް ކަމުގައިވާ ދިރާގު އެމްޕްލޮއީސް ސޮކާ ކަޕް ނުވަތަ "ޑެސްކަޕް" ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
މި މުބާރާތް ކުރިއަށް ގޮސްފައިވަނީ މި މަހުގެ 16 އިން 22 ގެ ނިޔަލަށެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔައީ ލީގް ސިސްޓަމަށް ޖުމްލަ ތިން ޑިވިޝަނަކަށެވެ. އެގޮތުން މެންސް ޕްރިމިއާ ލީގާއި މެންސް ސުޕާ ލީގާއި ވިމެންސް ފިއެސްޓާ ޑިވިޝަން ހިމެނެ އެވެ.
މެންސް ޕްރިމިއާ ލީގު ކާމިޔާބު ކުރީ ވޯކަމޮލީސް އެވެ. މެންސް ސުޕާ ލީގު ކާމިޔާބު ކުރީ އެނބުރިގޭސް ޔުނައިޓެޑެވެ. އަދި ވިމެންސް ފިއެސްޓާ މުބާރާތުން މޮޅުވީ ސޭލްސް ގާލްސް އެވެ.
މި މުބާރާތުގައި ކޮންމެ ޑިވިޝަނެއްގެ ޓޮޕް ސްކޯރާ އާއި ފެއާ ޕްލޭ ޓީމާއި ބެސްޓް ޕްލޭޔާ އާއި ޑްރީމް ޓީމް ވެސް ހޮވާފައިވެ އެވެ.
ދިރާގުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ އިރު ދިރާގަކީ 99 ޕަސެންޓް ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.