މިފްކޯގެ ފައިސާ ފޭރުން: ދެ މީހަކު ހައްޔަރުކޮށްފި
މިފްކޯގެ ފައިސާ ފޭރުން: ދެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭގެ ތެރެއިން 19 އަހަރުގެ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ ތެރެއިން 23 އަހަރުން ދަށުގެ މީހާ ހައްޔަރުކުރީ ރޭ ކަމަށް ވާތީ އޭނާގެ ބަންދުގެ މުއްދަތާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ފޭރިގެންފައިވާ ފައިސާ ފެނުން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

މިދިޔަ ބުދަދުވަހު ބޮޑުތަކުރުފާނު މަގުން ދަނިކޮށް، ސަައިކަލުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވުމަށް ފަހު ފައިސާ ފޭރުނީ އެ ވޭނުގެ ބިއްލޫރިގަނޑު ތަޅާލައިފަ އެވެ. އެ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

ފަހަކަށް އައިސް ފޭރުމުގެ އަމަލުތައް ވަނީ މާލޭގައި އިތުރުވެފަ އެވެ.