އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް

ވޮޝިންޓަން (މާޗް 24) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޚިފާލަތު ބަލިކޮށް، އެ މީހުންގެ އަތްދަށުން ހުރިހާ ބިންތަކެއް އަނބުރާ ހޯދި ނަމަވެސް އެ ޖަމާއަތުގެ ނުރައްކާ އެބައޮތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް

އައިއެސް ބަލިކުރިކަން އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ހޮނިހިރު ދުވަހު އިއުލާން ކުރީ އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަވަށް ކަމަށްވާ ސީރިއާގެ ބާޣޫޒް ހިފުމަށް ފަހު އެވެ.

އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް

"ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓް ކުރާ އައިއެސް އެކުގައި ނެތިދަންދެން އެމެރިކާ ސަމާލުވެގެން އޮންނާނެ،" ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ސީރިއާ އާއި އިރާގުގައި އައިއެސް ބަލިކުރި ނަމަވެސް އެ ޖަމާއަތުގެ މެންބަރުން ނައިޖީރިއާ އާއި ފިލިޕީންސް ފަދަ ގައުމުތަކުގައި މަދުން ނަމަވެސް ހަރަކާތްތެރިވެ އެވެ.

މީގެ ފަސް އަހަރު ކުރިން އައިއެސްގެ އެންމެ ބާރުގަދަ ދުވަސްވަރު ސީރިއާގެ ހުޅަނގާއި އިރާގުގެ އިރުމަތީގެ ހިސާބުތަކުން އައިއެސްގެ ކޮންޓްރޯލުގެ ދަށަށް 88،000 އަކަ ކިލޯ މީޓަރު (34،000 އަކަ މޭލު)ގެ ސަރަހައްދެއް ގެންދިޔަ އެވެ.

އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ ބާޣޫޒް ހިފުމުގެ އޮޕަރޭޝަން އެސްޑީއެފް އިން ފެށީ މި މަހު ކުރީކޮޅު އެވެ. ހަމަލާތައް ފެށުމުގެ ކުރިން ބާޣޫޒްގައި ތިބި އާއްމުންގެ އެތައް ހާސް ބަޔަކު ވަނީ ނެރެފަ އެވެ. އައިއެސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވެސް ވަނީ އަމާން ދީފަ އެވެ.

އައިއެސް ބަލިކުރި ނަމަވެސް އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރް އަލް ބަޣުދާދީ ވީތަނެއް ނޭނގެ އެވެ.

އައިއެސްގެ މައްޗަށް ކާމިޔާބު ހޯދިކަން އިރާގުން އިއުލާން ކުރީ ޑިސެމްބަރު 2017 ގަ އެވެ.