24 މާޗް 2019 - 13:04

ލަބީނާ ހައްޖު އެންޑް އުމްރާގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދާނީ މި މަހުގެ 21 އިން މެއި މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި، އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ މީހުންނަށް ހާއްސަ ޑިސްކައުންޓަކާ އެކު، ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
މި ޕްރޮމޯޝަންގައި އުމްރާއަށް ދާން މީހަކަށް ދައްކަންޖެހޭނީ 20،950ރ. އެވެ. ވީއައިޕީ ޖާގައެއްގައި ދާ ނަމަ 36،237ރ. ދައްކަން ޖެހެ އެވެ. އަދި އިތުރު ފީއެއް ދެއްކުމަކާ ނުލައި އާއިލާތަކަށް ކޮޓަރި ވެސް ހަމަޖައްސައިދޭނެ އެވެ.
ލަބީނާ ހައްޖު އެންޑް އުމްރާގެ ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ފީގެ ގޮތުގައި ދައްކަންޖެހޭނީ 1،000ރ. އެވެ. އަދި ބާކީ ބައި ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ބަހާލައިގެން ދެއްކިދާނެ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު 9830631 / 3010631 އަށް ގުޅައިގެން ހޯދޭނެ އެވެ.