24 މާޗް 2019 - 10:38

މާލޭގައި ރޭ ދަންވަރު އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވި ދެ ސައިކަލް، ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތިން ޖެހިގެން ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ފިރިހެނެއްގެ ކޮނޑުހުޅާއި ކޮލުގެ ކަށިގަނޑެއް ބިނދިފައިވާ ކަމަށެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވި އެވެ.
އެކްސިޑެންޓު ވުމުން، އަނެއް ސައިކަލުގައި އިން މީހާ ވަނީ ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.