ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި
ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ސައިކަލެއްގައި މިއަދު ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ ރަށު، ނީސް ގޭ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ މާލޭގައި ހަ ސައިކަލެއްގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފަ އެވެ.