21 މާޗް 2019 - 16:47

ތުރުކީގެ ބްރޭންޑެއް ކަމުގައިވާ "ޔޫގުރް" ގެ އައިސްއަލަމާރި އެސްޓާސް އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މި ބްރޭންޑުގެ އެކި ސައިޒުތަކުގެ އައިސްއަލަމާރި އެސްޓާސް އިން ލިބެން ހުންނާނެ އެވެ.
އެގޮތުން 345 ލީޓަރުގެ އައިސްއަލަމާރި 9،999ރ. އަށް ލިބެން ހުރި އިރު 629 ލީޓަރުގެ އައިސްއަލަމާރި ލިބެން ހުރީ 18،999ރ. އަށެވެ. މީގެ އިތުރުން 227 ލީޓަރުގެ ޑީފްރީޒަރު 8،999ރ. އަށް ލިބެން ހުރި އިރު 313 ލީޓަރުގެ ޑީފްރީޒަރެއް ލިބެން ހުރި 10،499ރ. އަށެވެ. އަދި 345 ލީޓަރުގެ ބޮޑު އައިސްއަލަމާރިއެއް 19،999ރ. އަށް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފައިވެ އެވެ.
ޔޫގުރް ބްރޭންޑްގެ އައިސްއަލަމާރި އަކީ ޖާގަ ބޮޑުކޮށް، ގިނަ ދުވަހު ކާބޯތަކެތި ފިނިކަން މަތީގައި ރައްކާ ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އައިސްއަލަމާރިއެކެވެ. މި ބްރޭންޑްގެ އައިސްއަލާރީ ދުނިޔޭގެ މަޝްހޫރު ކުންފުނިތައް ކަމުގައިވާ ޔުނިލީވާ އާއި ކޮކާކޯލާ އާއި ނެސްލޭ އިން ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
ތިމާވެއްޓާ ރައްޓެހި މި ބްރޭންޑުގެ އައިސްއަލަމާރީ ދުނިޔޭގެ 142 ގައުމެއްގައި މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.