ކައިލީގެ އާ ލިޕްސްޓިކް: ހަމުގެ ކުލަ އަލި ނޫން މީހުންނަށް ހާއްސަ
ކައިލީގެ އާ ލިޕްސްޓިކް: ހަމުގެ ކުލަ އަލި ނޫން މީހުންނަށް ހާއްސަ

ކައިލީ ބްރޭންޑުގެ ކޮސްމެޓިކްސް އަށް އިތުރު ތައާރަފެއް ބޭނުމެއް ނުވެ އެވެ. ލިޕްސްޓިކްތަކުގެ ތެރެއިން ކައިލީގެ މެޓް ލިޕްސްޓިކަކީ އަގުބޮޑުކޮށް ވިކޭ ޑިމާންޑު ބޮޑު ވައްތަރެކެވެ. ނަމަވެސް، އޭނާ އެންމެ ފަހުން ނެރުނު ލިޕްސްޓިކްތަކުގެ ތެރެއިން "ޓްރޫ ބްރައުން" ފަދަ ކުލަތައް ދިވެހިންގެ ހަމުގެ ކުލައާ ނުގުޅޭކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

"ޑީޕް ސްކިން ޓޯންތަކަށް އެންމެ ރީތި ނޫޑް (ލިޕްސްޓިކް) ތައްޔާރު ކުރެވިއްޖެ!" ކޮސްމެޓިކްސްގެ ރާނީ ކައިލީ އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އިއުލާންކޮށްފައިވެ އެވެ.

ބްރައުން ޝުގާ، ޑާޓީ ޕީޗް އަދި ލަވް ބައިޓްގެ ނަން ދީފައިވާ ތިން ވައްތަރެއްގެ ލިޕްސްޓިކް އޭނާގެ މި އާ ކަލެކްޝަންގައި ހިމެނެ އެވެ.

ބްރައުން ޝުގާ އަކީ ހަމުގެ ކުލަ އަލި ނޫން މީހުންނަށް ހާއްސަ ލިޕްސްޓިކް ޝޭޑެކެވެ. ޑާޓީ ޕީޗް އަކީ އެއަށް ދީފައިވާ ނަން ފަދައިން ޕީޗު ކުލައެއްގެ ލިޕްސްޓިކެކެވެ. ލަވް ބައިޓް އަކީ ކައިލީ ބުނާގޮތުގައި ފުރިހަމަ ދަނބު ކުލައިގެ މައުވް ޝޭޑެކެވެ.

މި ކަލެކްޝަންގެ އިސްތިހާރުތަކުގައި މޮޑެލްކޮށްފައި ވަނީ ކައިލީގެ ގާތް ރަހުމަތްތެރިންނެވެ.