ކަޒަކްސްތާނުގެ ވެރިރަށަށް ކުރީގެ ރައީސްގެ ނަން ދީފި
ކަޒަކްސްތާނުގެ ވެރިރަށަށް ކުރީގެ ރައީސްގެ ނަން ދީފި

އަސްޓަނާ (މާޗް 21) - ކަޒަކްސްތާނުގެ ވެރިރަށުގެ ނަން ކުރީގެ ރައީސް ނޫރްސުލްތާން ނަޒަބަޔޭފްގެ ނަމަށް ބަދަލުކޮށްފި އެވެ.

ގައުމުގައި 30 އަހަރު ވެރިކަން ކުރެއްވުމަށް ފަހު ރިޔާސީ ދައުރުގައި އެއް އަހަރު ބާކީ އޮއްވައި އިސްތިއުފާ ދެއްވި ރައީސަށް އަރުވާ ޝަރަފެއްގެ ގޮތުން ވެރިރަށް އަސްޓަނާގެ ނަން ބަދަލުކުރުމުން ދެން މީގެ ފަހުން ކަޒަކްސްތާނުގެ ވެރިރަށުގެ ނަމަކީ ނޫރްސުލްތާން އެވެ. އާ ރައީސްގެ ނިންމެވުން ޕާލަމެންޓުން ވަނީ ފާސްކޮށްފަ އެވެ.

އުމުރުފުޅުން 78 އަހަރުގައި ނޫރްސުލްތާން އިސްތިއުފާ ދެއްވަމުން ވެރިކަން ހަވާލު ކުރެއްވީ ސެނެޓުގެ ރައީސްގެ މަގާމުގައި ހުންނެވި ގާސިމް ޖޮމާތު ޓޮކަޔޭފް، 65، އާ އެވެ. އޭނާ އަކީ ނޫރްސުލްތާނަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. ރިޔާސީ ދައުރުގެ ބާކީ ނިމެންދެން ޓޮކަޔޭފް ވެރިކަމުގައި ހުންނަވާނެ އެވެ. ދައުރު ނިމޭނީ އަންނަ އަހަރުގެ އެޕްރީލް މަހު އެވެ.

ވެރިރަށުގެ ނަން ބަދަލުކުރިކަން އިއުލާން ކުރެއްވީ އާ ރައީސް ޓޮކަޔޭފް އެވެ. އޭނާ ވަނީ ގައުމުގައި ނިންމާ ބޮޑެތި ހުރިހާ ކަމެއްގައި ވެސް ނޫރްސުލްތާނުގެ ލަފާ ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ސެނެޓުގެ ޗެއާމަންގެ މަގާމަށް ވަނީ ނޫރްސުލްތާނުގެ ދޮށީ އަންހެން ދަރިކަނބަލުން އިންތިޚާބުކޮށްފަ އެވެ.

ވެރިރަށުގެ ގޮތުގައި ބޭނުން ކުރި އަސްޓަނާގެ މާނައަކީ ކަޒަކް ބަހުން "ވެރިރަށެ"ވެ. އެ ނަމަށް ބަދަލު ކުރީ 1997 ވަނަ އަހަރު އެވެ. އޭގެ ކުރިން ކަޒަކްސްތާނުގެ ވެރިރަށުގެ ނަމަކީ އަލްމާޓީ އެވެ.

ނޫރްސުލްތާން ވެރިކަން ހަވާލު ކުރެއްވީ ސެނެޓުގެ ރައީސް ޓޮކަޔޭފް އަކީ އޭނާ އަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. ދެހާސް ފަނަރަވަނަ އަހަރު ބޭއްވި އިންތިޚާބު ނަޒަބަޔާފް ކާމިޔާބު ކުރެއްވީ 98 ޕަސެންޓް ވޯޓާ އެކު އެވެ.