ހިއްސާ އަކަށް 24ރ. ބަހަން ބީއެމްއެލް އިން ނިންމައިފި
ހިއްސާ އަކަށް 24ރ. ބަހަން ބީއެމްއެލް އިން ނިންމައިފި

ހިއްސާއަކަށް 24ރ. ގެ މަގުން ޖުމްލަ 129 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ އަހަރީ ބީއެމްއެލްގެ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި 129 މިލިއަން ރުފިޔާ ބެހުމަށެވެ. އެގޮތުން ހިއްސާ އަކަށް 24ރ. ބަހާނެ އެވެ. މިއީ މިދިޔަ އަހަރު ބެހި ވަރަށް ވުރެ ނުވަ ޕަސެންޓްގެ އިތުރުވުމެކެވެ.

ބީއެމްއެލްގެ ފައިނަލް ޑިވިޑެންޑް ހިއްސާދާރުންގެ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންނަށް ބަހާނެ އެވެ.

ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.