އިންޑޮނޭޝިއާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި ހުޅުވައިފި
އިންޑޮނޭޝިއާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި ހުޅުވައިފި

އިންޑޮނޭޝިޔާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

އިންޑޮނޭޝިއާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި ހުޅުވައިފި
އިންޑޮނޭޝިއާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި ހުޅުވައިފި

އަބަދަށްފެހިމަގުން ހ. އެއްގަމުގޭ ދެވަނަ ބުރީގައި މި ކޮންސިއުލޭޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑޮނޭޝިޔާގެ އެމްބަސީގެ އިސްވެރިންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އޮނަރަރީ ކޮންސުލްގެ އިސްވެރިންނާއި އިންޑޮނޭޝިއާގެ ބައެއް އާންމުން ބައިވެރިވި އެވެ.

އިންޑޮނޭޝިއާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި ހުޅުވައިފި
އިންޑޮނޭޝިއާގެ ކޮންސިއުލޭޓް އޮފީހެއް މާލޭގައި ހުޅުވައިފި

މި ހަފްލާގައި ވާހަކަ ދައްކަވަމުން އިންޑޮނޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރިމަވަން ސުޔިޓްނޯ ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އާއި އިންޑޮނޭޝިޔާއާ ދެމެދު އޮތް ގުޅުމަށް އިތުރު ކުރެވޭ ބޮޅެކެވެ. އަދި މިއީ ތާރީހީ ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ސަފީރު ވިދާޅުވީ މި ކޮންސިއުލޭޓްގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އިންޑޮނޭޝިއާ ރައްޔިތުންގެ ރައްކާތެރިކަމަށް އިތުރަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ނާޝިދު ހުސެއިން ވިދާޅުވީ މި ކޮންސިއުލޭޓް ހުޅުވުމުން ދެ ގައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"އިންޑޮނޭޝިއާގައި ކިޔެވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. ވަރަށް ގިނަ ރަހްމަތްތެރިން އެބަތިބި. އަޅުގަނޑުގެ ދެވަނަ ގެ އިންޑޮނޭޝިއާއަކީ،" ނާޝިދު ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ 1400 އެއްހާ ރައްޔިތުން ރާއްޖޭގެ ސަރަހައްދުތަކުގައި މަސައްކަތް ކުރެ އެވެ. އެކަމަކު، މިހާތަނަށް އައިއިރު ރާއްޖޭގައި އިންޑޮނޭޝިއާގެ ހައި ކޮމިޝަނެއް އަދި ނެތެވެ.