20 މާޗް 2019 - 07:03

ފޭސްބުކް މަގުބޫލުވުމުގެ ކުރިން، އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯކް ކަމަށްވާ މައިސްޕޭސްގެ ސާވާ ބަދަލުކުރަން އުޅުމުގެ ތެރޭގައި 50 މިލިއަން ލަވަ ޑިލީޓްވެ، މާފަށް އެދެފި އެވެ.
ފޭސްބުކްގެ ކުރިން 2008 އާ ހަމައަށް ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް ނެޓްވާކުން ބުނީ 2003-2015 އަށް އަޕްލޯޑްކޮށްފައިވާ ހުރިހާ ލަވައެއް ޑިލީޓްވެފައިވާ ކަމަށެވެ.
"ހަމަމިއާ އެކު މީގެ ތިން އަހަރު ކުރިން އަޕްލޯޑްކޮށްފައިވާ ފޮޓޯ އާއި ވީޑިއޯ އަދި އޯޑިއޯ ވެސް މިހާރު މައިސްޕޭސްގައި ނުހުންނާނެ ވާހަކަ ހިއްސާ ކުރަން،" މައިސްޕޭސް އިން ނެރުނު ބަޔާނުގައި ބުންޏެވެ. "މިއީ ސާވާ މައިގްރޭޝަން ޕްރޮޖެކްޓްގެ ތެރެއިން ދިމާވި ކަމެއް."
މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއުޒިކީ ދާއިރާ އިން މަޝްހޫރުކަން ހޯދި ކެލްވިން ހެރިސް، އާކްޓިކް މަންކީޒް އަދި ކޭޓް ނާޝް ފަދަ ފަންނާނުން މަޝްހޫރުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި މައިސްޕޭސް 2005 ގައި ވަނީ ރުޕަޓް މާޑޮކްގެ ނިއުސް ކޯޕަރޭޝަނަށް 580 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ. އަދި 2011 ގައި އެ ކުންފުނިން ޑިޖިޓަލް އެޑް ކުންފުނި ސްޕެސިފިކް މީޑިއާ މައިސްޕޭސް އެންމެ 35 މިލިއަން ޑޮލަރަށް ވަނީ ވިއްކާލައިފަ އެެވެ.
މައިސްޕޭސްއަކީ އޮގަސްޓް، 1، 2003 ގައި ވުޖޫދަށް އައި ޕްލެޓްފޯމެކެވެ.