ޓްރިވެންޑްރަމްގައި ދިވެހިން ތިބޭ ބީޖީ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޓްރިވެންޑްރަމްގައި ދިވެހިން ތިބޭ ބީޖީ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޓްރިވެންޑްރަމަށް ބޭހަށްދާ ދިވެހިން އާއްމުކޮށް ތިބޭ މަޝްހޫރު ބީޖީ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އެ ހޮޓެލުގެ ޓެރަހުގައި އަލިފާނުގެ ހާދިސާ ހިނގިއިރު 83 ދިވެހިން އެ ހޮޓަލުގައި ތިއްބެވެ. އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ އަށް ފަހު އެ ހޮޓަލުން ކަރަންޓްގެ ހިދުމަތް ކެނޑި ގިނައިރުތަކެއް ވުމުން ހޮޓަލުގައި ތިބި ދިވެހިންނަށް ދަތިތަކެއް ދިމާވި ކަމަށެވެ. ޓްވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ބޭފުޅުން އެ ހޮޓަލަށް ގޮސް ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ އެކިއެކި ކަންކަމުގައި ވީހާ ވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ ބަލާ ކަމަށެވެ.