18 މާޗް 2019 - 17:22

ނ. މާކުރެންދޫ ކައިރިން އޮޔާދާ ހިކި އޮނު ފީނިތަކެއް ފެނިގެން އެ ނެގުމުގ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހިކި އޮނު ފީނިތަކެއް ފެނިގެން 1:40 ހާއިރު ކޯސްޓްޑާޑަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން އޮނު ފީނިތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮނު ފީނީގެ އަޑިއަށް 40 ވަރަކަށް ފޫޓު އެެބަހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޮނު ފީނިތަކުގައި އުޅަނދެއްގެ ބުރަފަތި ޖެހިއްޖެ ނަމަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.