ހުޅުމާލޭ ލިންކް ރޯޑުގެ ޑިވައިޑާ ދެވަނަ ފަހަރަށް ފުނޑު!
ހުޅުމާލޭ ލިންކް ރޯޑުގެ ޑިވައިޑާ ދެވަނަ ފަހަރަށް ފުނޑު!

ސިނަމާލޭ ބްރިޖާ ގުޅިފައިވާ ލިންކް ރޯޑުގެ މެދުގައި ޖަހާފައި ހުރި ލަކުޑި ޑިވައިޑާއަށް މިއަދު އަނެއްކާވެސް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

ހުޅުމާލޭ ލިންކް ރޯޑުގެ ޑިވައިޑާ ދެވަނަ ފަހަރަށް ފުނޑު!
ހުޅުމާލޭ ލިންކް ރޯޑުގެ ޑިވައިޑާ ދެވަނަ ފަހަރަށް ފުނޑު!

މިއަދު ހެނދުނު 1115 ހާއިރު ހުޅުމާލެއަށް ބާރު ސްޕީޑެއްގައި ދިޔަ ޓެކްސީއަކުން ޖެހި މިފަހަރު ފުނޑުވީ ހުޅުމާލެއަށް ދާއިރު ލަކުޑީގެ އެ ޑިވައިޑާ ފެށޭ ހިސާބުން ބައެކެވެ.

މި ހާދިސާގައި ކާރުގެ ކުރީކޮޅަށް ވެސް ގެއްލުންތަކެއް ލިބުނެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ޑްރައިވަރުގެ އަތުގއި ލައިސަންސް ވެސް އަދި ޓެކްސީކުރުމުގެ ހުއްދަ ވެސް އޮތެވެ.

މިދިއަ ޖެނުއަރީ މަހު އެ ޑިވައިޑާގެ ބައެއް ފުނޑުވީ ފެންޓަސީ ސްޓޯރުގެ ވެހިކަލަކުން ޖެހިގެންނެވެ. ވެއްޓުނު ބައިގައި މިހާރު ފުލުހުން ހުންނަނީ ޓޭޕް ދަމައިފަ އެވެ.