އެލަޑައިސްގެ ފުރަތަމަ ސްކޮޑު: ބާކީވީ ކޮން ކުޅުންތެރިންނެއް؟
އެލަޑައިސްގެ ފުރަތަމަ ސްކޮޑު: ބާކީވީ ކޮން ކުޅުންތެރިންނެއް؟

ލަންޑަން (އޮގަސްޓް 29) - އިނގިރޭސި ކޯޗުކަމާ ހަވާލުވުމަށް ފަހު ސޭމް އެލަޑައިސް ފުރަތަމަ ފަހަރަށް ނެގި ސްކޮޑުން ކުރިން ކުޅުނު ގިނަ ކުޅުންތެރިން ޓީމުން ފުރުސަތު ހޯދިއިރު، ބައެއް ކުޅުންތެރިން ބާކީވެއްޖެ އެެވެ.

އެލަޑައިސްގެ ކޯޗުކަމުގައި އިންގްލެންޑުން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު ހަތަރު ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ރަށުންބޭރުގައި ސްލޮވާކިއާއާ ދެކޮޅަށެވެ.

މި ފަހަރު ނެގި ސްކޮޑުން މުޅިން އަލަށް ޖާގަދިނީ ވެސްޓް ހޭމް ޔުނައިޓެޑްގެ މިޑްފީލްޑަރު މިކައިލް އެންޓޯނިއޯ އަށެވެ. ނޮޓިންހަމް ފޮރެސްޓް ދޫކޮށް މިދިޔަ ސީޒަނުގައި ވެސްޓް ހޭމް އަށް ބަދަލުވި އެންޓޯނިއޯ މިދިޔަ ސީޒަނުގައި ވަނީ 10 ލަނޑު ޖަހައިފަ އެވެ. އަދި މި ސީޒަނުގެ މިހާތަނަށް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މިި ފަހަރު ޔޫރޯ އަށް ނެގި އިނގިރޭސި ސްކޮޑުން ޖާގަ ނުލިބޭ އިތުރު ތިން ކުޅުންތެރިއަކު މި ފަހަރު ޓީމުން ޖާގަ ހޯދި އެވެ. އެއީ އަނިޔާގެ ސަބަބުން ފުރުސަތު ނުދިން ލޫކް ޝޯ އާއި ފިލް ޔަގިއެލްކާ އެވެ. އަދި ފަހު ވަގުތު ޓީމުން ބާކީކުރި ޑެނީ ޑްރިންކްވޯޓާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ޔޫރޯ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ޖާގަ ނުލިބެނީ އަނިޔާގެ ސަބަބުން ޖާގަ ގެއްލުނު ރަޔާން ބާޓްރަންޑާއި ޖެކް ވިލްޝަޔާ އެވެ. ރޮސް ބާކްލީ ޓީމުން ބާކީކުރިއިރު، ޖޭމްސް މިލްނާ ވަނީ ޔޫރޯ އަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށް ޓީމުން ޖާގަ ގެއްލުނީ 21 އަހަރުން ދަށުގެ ޓީމަށް އޭނާ ނެގުމުންނެވެ.

މި ފަހަރުގެ ސްކޮޑުގައި ވެސް ކެޕްޓަން ވޭން ރޫނީ ހިމަނާފައިވަނީ މިޑްފީލްޑަރެއްގެ ގޮތުގަ އެވެ.

ގޯލްކީޕަރު: ފްރޭޒާ ފޯސްޓާ (ސައުތެމްޓަން)، ޖޯ ހާޓް (މެންޗެސްޓާ ސިޓީ)، ޓޮމް ހީޓަން (ބާންލީ)

ޑިފެންޑަރުން: ގެރީ ކޭހިލް (ޗެލްސީ) ނެތަނިއަލް ކްލައިން (ލިވަޕޫލް)، ފިލް ޔަގިއެލްކާ (އެވަޓަން)، ޑެނީ ރޯސް (ޓޮޓެންހަމް)، ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓެޑް)، ކްރިސް ސްމޯލިން (މެންޗެސްޓާ ޔުނައިޓެޑް)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކައިލް ވޯކާ (ޓޮޓެންހަމް)

މިޑްފީލްޑަރުން: ޑެލެ އަލީ (ޓޮޓެންހަމް)، މިކައިލް އެންޓޯނިއޯ (ވެސްޓް ހޭމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޑެނީ ޑްރިންކްވޯޓާ (ލެސްޓާ)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، އެޑަމް ލަލާނާ (ލިވަޕޫލް)، ވޭން ރޫނީ (މެންޗެސްޓާ ޔުނައިޓެޑް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ތިއޯ ވޮލްކޮޓް (އާސެނަލް)

ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް). ޖޭމީ ވާޑީ (ލެސްޓާ)، ޑެނިއަލް ސްޓަރިޖް (ލިވަޕޫލް)