16 މާޗް 2019 - 11:36

ތ.ދިޔަމިނގިލީ ބޯޓް ޔާޑުގައި މިއަދު މީހެއްގެ ފައިމައްޗަށް ދަގަނޑު ފިލައެއް ވެއްޓި ބައެއް އިނގިލިތައް ބުރިވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ފޯކް ލިފްޓަކުން ދަގަނޑު ފިލާ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ޒަހަމްވެފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް، ވޭމަންޑޫގައި ހުންނަ، ތ. އަތޮޅު ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.