16 މާޗް 2019 - 08:32

އަނެއްކާވެސް ސޯޝަލް މީޑިއާގެ ޗެލެންޖެކެވެ. މިއީ ޓްރައިއެންގަލް ޑާންސެވެ.
މިއީ ކުރާކަށް މާ ބޮޑު ކަމެއް ވެސް ނޫނެވެ. ހަދަން ޖެހޭ ގޮތަކީ ތިން މީހަކު ތިނެސްކަން ބައްޓަމަށްވާ ގޮތަށް އެތުރިލައިގެން އެ ބައްޓަން ސިވަފާ ކަހަލަ ގޮތަކަށް ނަށާލައި، ޓްރައިއެންގަލްޑާންސް ހޭޝްޓެގްގައި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލުމެވެ.
މިކަން ވައިގައި ހިފައި ޓްވިޓާ އާއި އިންސްޓަގްރާމް ކަހަލަ ފްލެޓްފޯމްތަކުގައި އަންނަނީ ވަރަށް ޝައުގުވެރި ގޮތްގޮތަށް މި ނެށުން ދައްކާލަމުންނެވެ.
އެކީގައި ވޯކްއައުޓް ކުރާ މީހުންނަށް ނުވަތަ ގްރޫޕް ހަދާފައި އަބަދު ވެސް ކަންކަމުގައި ޝާމިލުވެ އުޅޭ މީހުންނަށް މިއީ މަޖާ އަދި ފަސޭހަ ކަމަކަށް ވާނެ އެވެ.
މި ޗެލެންޖް ނަގާ މީހުންގެ ތެރޭގައި ވަކި އުމުރެއް ވަކި ޖިންސެއްގެ މީހެއް ވެސް ނެތެވެ. ސްކޫލް ދަރިވަރުންނާއި އޮފީސްތަކުގައި މަސައްކަތް ކުރާ ދެ ޖިންސުގެ މުވައްޒަފުން ވެސް އަންނަނީ ވަރަށް ފޯރީގައި މި ޗެލެންޖްގައި ބައިވެރިވަމުންނެވެ.