ޖޭއެސް ކައިރީގައި ހުރި ޖަންކްޝަނަކުން ނަޖިސް ބޭރުވަނީ
ޖޭއެސް ކައިރީގައި ހުރި ޖަންކްޝަނަކުން ނަޖިސް ބޭރުވަނީ

ޖަމާލުއްދީން ސްކޫލް (ޖޭއެސް) ގެ ދެކުނު ފަރާތު މަގުގައި އެމްޑަބްލިއުސީން ބަހައްޓާފައި ހުރި ޖަންކްޝަނަކުން ނަޖިސް ފެން މިރޭ ބޭރުވާން ފަށައިފި އެވެ.

ޖޭއެސް ކައިރީގައި ހުރި ޖަންކްޝަނަކުން ނަޖިސް ބޭރުވަނީ
ޖޭއެސް ކައިރީގައި ހުރި ޖަންކްޝަނަކުން ނަޖިސް ބޭރުވަނީ

"މިހާރު"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެ ޖަންކްޝަނުން ބޮކި ޖަހާފައި ނަޖިސް ފެން ބޭރުވަމުންދިޔަ މަންޒަރު ފެނުނެވެ. އަދި ޖަންކްޝަނުން ބޭރުވާ ނަޖިސް ފެން ރަށްދެބައި ހިނގުމަށް ފެތުރެމުންދިޔައިރު، އެ ސަރަހައްދުގައި ނުބައި ވަސް ވަރަށް ގަދައަށް ހުރިކަން ފާހަގަ ކުރެވުނެވެ.

ޖަންކްޝަނުން ނަޖިސް ފެން ބޭރުވަމުންދާ މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ބަހެއް މިހާތަނަށް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް މި މައްސަލަ ހައްލުކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ފަހުން ހަރަކާތްތެރިވަމުން ދިޔަ ތަން ފެނުނެވެ.

ޖަންކްޝަނުން ނަޖިސް ފެން ބޭރުވާތީ އެ ކަމަށް ސަމާލުވުމަށް އާއްމުންގެ ތެރޭގައި އެސްއެމްއެސްއެއް މިރޭ ދައުރު ވި އެވެ. އެ މެސެޖްގައި އެ ސަރަހައްދުން ހިނގާ މީހުން ސަމާލުވުމަށް ވެސް އެދިފައިވެ އެވެ.

މާލޭގެ ބައެއް މަގުތަކުގައި ބަހައްޓާފައިވާ ޖަކްންޝަންތަކުން ދޭތެރެދޭތެރެއިން ނަޖިސް ބޭރުވާ މައްސަލަ ފަހަކަށް އައިސް ކުރިމަތިވެ އެވެ. ނަމަވެސް އެ މައްސަަލައަށް ދާއިމީ ހައްލެެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.