ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަންގެ އަގުހުރި އިނާމުތައް ހަވާލުކޮށްފި
ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަންގެ އަގުހުރި އިނާމުތައް ހަވާލުކޮށްފި

ރެޑްވޭވްއިން މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި އެމީހުންނާ މިއަދު އިނާމު ހަވާލުކޮށްފި އެވެ.

ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަންގެ އަގުހުރި އިނާމުތައް ހަވާލުކޮށްފި
ރެޑްވޭވްގެ ރޯދަ ޕްރޮމޯޝަންގެ އަގުހުރި އިނާމުތައް ހަވާލުކޮށްފި

ރާއްޖެއަށް މުދާ އެތެރެކޮށް އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ ރެޑްވޭވްއިން ދިން 10 އިނާމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފުރަތަމަ ތިން ނަސީބުވެރިންނަށް ކަނޑައެޅި ފައިސާގެ ބޮޑެތި އިނާމުތަކެވެ. އެގޮތުން، 200،000ރ. ގެ އިނާމު ލީލާ އަހުމަދު ހޯދިއިރު، 100،000ރ. ގެ އިނާމު ގެންދިޔައީ ފާތިމަތު ތީން އެވެ. އަދި ތިން ވަނަ އަށް ދިޔަ މުހައްމަދު އަކިން އަށް ވަނީ 50،000ރ. ދީފަ އެވެ.

ގުރުއަތުން ދެން ހޮވުނު އުސްމާން ހާން އަށް 900 ބީޓީޔޫގެ އެއާކޯނެއް، ރާހީ އަށް ކުކިން ރޭންޖެއް، އަލީ އިމްރާނަށް މައިކްރޮވޭވް އަވަނެއް، އަލީ އުމަރު މަނިކަށް ކަރަންޓު އަވަނެއް، ހައްމާނަށް ދޮންނަ މެޝިނެއް، މުހައްމަދު ޝަރީފަށް ދެ ތަނުން ކެއްކޭ ގޭސް އުދުނެއް އަދި ހުސެއިން ރިޔާޒަށް ކަރަންޓުން ބަތް ކައްކާ އެއްޗެއް އިނާމުގެ ގޮތުގައި ރެޑްވޭވްއިން ދިނެވެ.

"މިދިޔަ އަހަރަށް ވުރެ މި އަހަރު ދިން އިނާމުތަކުގެ އަދަދު ދެ ގުނަ އިތުރު ވާނެ،" ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހު ވެސް އެންމެ އަގުހެޔޮ ފިހާރައިގެ ގޮތުގައި ފާހަގަކުރެވުނު ރެޑް ވޭވްއިން މި ޕްރޮމޯޝަން ބޭއްވީ 50 ޕަސެންޓް ޑިސްކައުންޓް ލިބުނު ސޭލްއަކާ ވެސް އެކުގަ އެވެ. އެގޮތުން، ރެޑްވޭވްގެ ހަ ފިހާރައިގެ ތެރެއިން ކޮންމެ ފިހާރައަކުން ވެސް 500ރ. ގެ ވިޔަފާރި ކުރުމުން މި ޕްރޮމޯޝަނުން ފުރުސަތު ލިބުނެވެ.