13 މާޗް 2019 - 20:00

ބޭންކް އޮފް ސިލޯން ކައިރިން މަގު ހުރަސް ކުރަން އުޅެނިކޮށް ޓެކްސީއެއްގެ ފުރޮޅު ދަށުވެ މީހެއްގެ ފައިގެ ބޮޑުވައި އިނގިލި މިއަދު ޗިސްވެއްޖެ އެވެ.
ފުލުހުން ބުނީ ކަނާތު ފައިގެ ބޮޑުވައި އިނގިލި ޓެކްސީގެ ފުރޮޅު ދަށުވެގެން 48 އަހަރުގެ މީހަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގީ 3:40 ހާއިރެވެ.
އެ ޓެކްސީ ދުއްވަން އިނީ ލައިސަންސް އޮންނަ އަދި ޓެކްސީ ކުރުމުގެ ހުއްދަ އޮންނަ މީހެއް ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އއ. ރަސްދު އަށް އުފަން އެ މީހާގެ އޮޕަރޭޝަނެއް އޭޑީކޭގައި އަންނަނީ ކުރަމުންނެވެ. އެހެންވެ އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.