ޝެލްބީންސްގެ ޑެލިވަރީއަކުން ލަންކާ ދެކޮޅު ޓިކެޓު
ޝެލްބީންސްގެ ޑެލިވަރީއަކުން ލަންކާ ދެކޮޅު ޓިކެޓު

ޝެލްބީންސް އިން ޑެލިވަރީގެ ހިދުމަތް ހޯދައިގެން ސްރީ ލަންކާގެ ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް އެ ރެސްޓޯރަންޓުން ފަށަން ނިންމައިފި އެވެ.

އަންނަ މަހު ފަށާ މި ޕްރޮމޯޝަން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ ކަމަށް ޝެލްބީންސްގެ މާކެޓިން މެނޭޖަރު ހަމީދު ފަރީދު ވިދާޅުވި އެވެ.

މިއީ ޝެލްބީންސް އިން ޔުނިވާސަލް ޓްރެވަލް ސާވިސާސް އާ ގުޅިގެން ފަށާ ޕްރޮމޯޝަނެކެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޕްރޮމޯޝަނުގައި ޑެލިވަރީގެ ހިދުމަތަށް 100ރ. ހޭދަ ކޮށްގެން ބައިވެވޭނެ އެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝެލްބީންސް އައުޓްލެޓުގައި ވެސް ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ،

"މި ޕްރޮމޯޝަނުގައި 100ރ. އަށް ވުރެ މަތީގެ ކޮންމެ ޑެލިވަރީއަކަށް ވެސް ބައިވެރި ވެވޭނެ. އިނާމެއްގެ ގޮތުން ދެ މީހަކަށް ކޮލޮމްބޯ ދެކޮޅުގެ ޓިކެޓުގެ އަގުހުރި އިނާމެއް މި ދެނީ." ހަމީދު ވިދާޅުވި އެވެ.