14 މާޗް 2019 - 07:40

އިންޑިއާގެ އޮސްކާގެ ގޮތުގައި ސިފަކުރާ ފިލްމުފެއާ އެވޯޑްސްގެ މި އަހަރުގެ ނޮމިނޭޝަންތައް އިއުލާންކުރި އިރު، ޝާހްރުކް ހާން އަނެއްކާ ވެސް އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓްވެއްޖެ އެވެ.
މިހާތަނަށް ފިލްމު ފެއާގެ މޮޅު އެކްޓަރުގެ މަގާމު 7 ފަހަރު ހޯދި ޝާހްރުކް މި ފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރަނީ މިދިޔަ އަހަރު ރިލީޒް ކުރި ފްލޮޕް ފިލްމު "ޒީރޯ" އިންނެވެ. މި ފިލްމަކީ އިސްކޮޅުން ކުރު ޑްވާފެއްގެ ރޯލް އޭނާ ކުޅެފައިވާ ފިލްމެކެވެ.
ޝާހްރުކަށް އެންމެ މޮޅު އެކްޓަރުގެ ފިލްމު ފެއާ އެވޯޑް އެންމެ ފަހުން ލިބުނީ 2011 ގައި 2010 ގެ ފިލްމު "މައި ނޭމް އިޒް ހާން" އިންނެވެ. އޭނާ އަށް މިހާތަނަށް ފިލްމުފެއާގެ ޖުމްލަ 14 އެވޯޑް ލިބިފައިވެ އެވެ.
މި އަހަރު ބާއްވާ 64 ވަނަ އަހަރު ފިލްމުފެއާ އެވޯޑްސްގައި އޭނާއާ އެކު މޮޅު އެކްޓަރުންނަށް ވާދަ ކުރަނީ "ސަންޖޫ" އިން ރަންބީރު ކަޕޫރް، "ޕަދުމާވަތު" އިން ރަންވީރު ސިންގް، "އިސްތިރީ" އިން ރާޖްކުމާރު ރާއޯ، "އަންދާދުންް" އިން އަޔޫޝްމަން ކުރާނާ އަދި ޝާހްރުކްއާ އެއް ޖީލަކަށް ނިސްބަތްވާ އަކްޝޭ ކުމާރެވެ. އޭނާ ނޮމިނޭޓްވީ ފިލްމު "ޕެޑްމޭން" އިންނެވެ.
އަންދާދުން، ބަދާއީ ހޯ، ޕަދުމާވަތު، ރާޒީ، ސަންޖޫ
އަމަރު ކޯޝިކް (އިސްތިރީ)، އަމިތު ޝަރުމާ (ބަދާއީ ހޯ)، ސަންޖޭ ލީލާ ބަންސާލީ (ޕަދުމާވަތު)، ރާޖްކުމާރު ހިރާނީ (ސަންޖޫ)، ސްރީރާމް ރަގްވަން (އަންދާދުން)
އަންދާދުން، ބަދާއީ ހޯ، މަންޓޯ، ޕަޓާޙާ، ރާޒީ، ތުމްބަޅް
އަކްޝޭ ކުމާރު (ޕެޑްމޭން)، އަޔޫޝްމަން ކުރާނާ (އަންދާދުން)، ރާޖްކުމާރު ރާއޯ (އިސްތިރީ)، ރަންބީރު ކަޕޫރް (ސަންޖޫ)، ރަންވީރު ސިންގް (ޕަދުމާވަތު)، ޝާހްރުކް ހާން (ޒީރޯ)
އަޔޫޝްމަން (އަންދާދުން)، ނަވާޒުއްދީން ސިއްދީގީ (މަންޓޯ)، ރަންބީރު (ސަންޖޫ)، ރަންވީރު (ޕަދުމާވަތު)، ވަރުން ދަވަން (އޮކްޓޯބާ)، ވިނީތު ކުމާރު ސިންގް (މުއްކަބާޒް)
އާލިއާ ބަޓް (ރާޒީ)، ދީޕިކާ ޕަދުކޯން (ޕަދުމާވަތު)، ނީނާ ގުޕްތާ (ބަދާއީ ހޯ)، ރާނީ މުކަރްޖީ (ހިޗްކީ)، ތައްބޫ (އަންދާދުން)
އަނުޝްކާ ޝަރުމާ (ސުއީ ދާގާ)، އާލިއާ (ރާޒީ)، ނީނާ (ބަދާއީ ހޯ)، ރާދިކާ މަދަން (ޕަޓާޙާ)، ތައްބޫ (އަންދާދުން)، ތާޕްސީ ޕައްނޫ (މުލްކް)
އަޕްރަޝަކްތީ ކުރާނާ (އިސްތިރީ)، ގަޖްރާޖް ރާއޯ (ބަދާއީ ހޯ)، ޖިމް ސަރްބް (ޕަދުމާވަތު)، މަނޯޖް ޕަހްވާ (މުލްކް)، ޕަންކަޖް ތުރިޕަތީ (އިސްތިރީ)، ވިކީ ކޯޝަލް (ސަންޖޫ)
ގީތަންޖަލީ ރާއޯ (އޮކްޓޯބާ)، ކެޓްރީނާ ކެއިފް (ޒީރޯ)، ޝިކާ ތަލްސާނިއާ (ވީރޭ ދީ ވެޑިން)، ސްވަރާ ބާސްކަރް (ވީރޭ ދީ ވެޑިން)، ސްރޭޙާ ސިޙްރީ (ބަދާއީ ހޯ)، ޔާމިނީ ދާސް (ސުއީ ދާގާ)
ބަދާއީ ހޯ، މުއްކަބާޒް، މުލްްކް، އިސްތިރީ، ސުއީ ދާގާ
އަންދާދުން، ބަދާއީ ހޯ، މަންޓޯ، މުލްކް، ރާޒީ، އިސްތިރީ
އަންދާދުން، މުލްކް، ރާޒީ، އިސްތިރީ، ތުމްބަޅް
ބަވޭޝް ޖޯޝީ، މަންޓޯ، އޮކްޓޯބާ، ޕަދުމާވަތު، ޕަޓާޙާ، ތުމްބަޅް
ގޯލްޑް، މަންޓޯ، ޕަދުމާވަތު، ޕަޓާޙާ، ތުމްބަޅް
އަންދާދުން، މަންމަރުޒިޔާ، އޮކްޓޯބާ، ރާޒީ، ތުމްބަޅް
ހަރްޝްދީޕް ކޯރް/ ވިބާ ސަރަފް (ދިލްބަރޯ-ރާޒީ)، ޖޮނީތާ ގާންދީ (އާހިސްތާ-ލައިލާ މަޖުނޫ)، ރޮންކިނީ ގުޕްތާ (ޗާވް ލަގާ-ސުއީ ދާގާ)، ޝްރެޔާ ގޯޝަލް (ގޫމަރު-ޕަދުމާވަތު)، ސުނީދީ ޗޯހަން (އޭ ވަތަން-ރާޒީ)، ސުނީދީ (މާންވާ-އޮކްޓޯބާ)
އަބްދޭ ޖޯދްޕުރްކާރް (މޭރާ ނާމް ތޫ-ޒީރޯ)، އަރިޖިތު ސިންގް (ތެރަ ޔާރް ހޫ މޭ-ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ)، އަރިޖިތު (އާޔޭ ވަތަން-ރާޒީ)، އަރިޖިތު (ބިންތެ ދިލް-ޕަދުމާވަތު)، ޝަންކަރު މަހާދޭވަން (ދިލްބަރ-ރާޒީ)
އޭ ވަތަން (ގުލްޒާރު-ރާޒީ)، ބިންތެ ދިލް (އޭއެމް ތުރާޒް-ޕަދުމާވަތު)، ދިލްބަރޯ (ގުލްޒާޒު-ރާޒީ)، ހަރް ހަރް މައިދާން ފަތޭ (ޝޭކަރް އަސްތިތުވާ-ސަންޖޫ)، މޭރާ ނާމް ތޫ (އިރުޝާދު ކާމިލް-ޒީރޯ)، ތެރަ ޔާރް ހޫ މޭ (ކުމާރު-ސޯނޫ ކޭ ޓިޓީ ސްވީޓީ
ޕަދުމާވަތު، ޕަރީ، ތުމްބަޅް، ޒީރޯ
ފިލްމުފެއާ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.